ޚަބަރު

ސްކޫލް ބަންދުގައި ބޭކާރު ދަތުރުތައް ނުކުރުމަށް ޑރ. ނިޔާފް ގޮވާލައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސްގެ ނުރައްކާ ބޮޑުވެފައިވާތީ ކުރިއަށް އޮތް ސްކޫލް ބަންދުގައި ބޭކާރު ދަތުރުތައް ނުކުރުމަށް ޑރ. އަބްދުﷲ ނިޔާފް ގޮވާލައްވައިފިއެވެ.

Ads by Hajj Corporation

އޭޑީކޭ ހޮސްޕިޓަލުގެ ކުޑަ ކުދިންގެ ޑޮކްޓަރު އަދި ޗީފް މެޑިކަލް އޮފިސަރު، ޑރ. ނިޔާފް މިހެން ވިދާޅުވީ ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން މިޑް ޓާމް ބްރޭކް ފެށޭއިރު، އެ ދުވަސްވަރު ރާއްޖޭގެ އެކި އަތޮޅުތަކަށް ދަތުރު ކުރުމާ މެދު ދެކޭ ގޮތަކީ ކޮބައިތޯ އާންމު މީހަކު ސުވާލު ކުރުމުން ނިޔާފް ވިދާޅުވީ ބޭކާރު ދަތުރުތައް މަދުކޮށް، ބޭކާރު ހަރަދުތައް ނުކުރުން މުހިންމު ކަމަށެވެ.

މި ދުވަސްވަރު ހަލުވި ކަމާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ހަތް ގައުމަކަށް ދަތުރު ކުރާއިރު ސަމާލު ވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފައެވެ.

މީގެ އިތުރުން މަސްހުނިވާ ގޮތައް ބާއްވާ އެއްވުންތައް މަދު ކޮށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!