ޚަބަރު

އެސްޓީއޯ 'ލިޓްލް ވޮންޑާސް' ޕްރޮގްރާމް ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ލިޓްލް ވަންޑަރސް ޕްރޮގްރާމް ފަށައިފިއެވެ. 

Ads by STELCO

މި ޕްރޮގްރާމްއަކީ އެސްޓީއޯގެ މުވައްޒަފުންނަށް އިޖުތިމާއީ ދިރިއުޅުމުގައި، އަދި މަސައްކަތުގެ މާހައުލުގައި އެހީތެރިކަން ފޯރުކޮއްދިނުމުގެ ގޮތުން ފެށިގެންދާ ޑެކެއާ އެސިސްޓެންޓް ޕްރޮގްރާމްއެކެވެ.

މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް އަމާޒަކީ މުވައްޒަފުންގެ މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް އަށް އެހީތެރިވެދިނުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ.އެސްޓީއޯއިން ގަސްތުކުރަނީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ އެކިއެކި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދިނުމެވެ.

އެސްޓީއޯ ލިޓްލް ވޮންޑާސް ޕޮރޮގްރާމްއަކީ އެކުންފުނީގެ މެނޭޖްމެންޓުން ނެންގެވި ހާއްސަ އިސްނެންގެވުމެކެވެ. އެކުންފުނީގެ ފަރާތުން މިއަދު މި ޕްރޮގްރާމް ފައްޓަވައިދެއްވާފައިވަނީ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރުއާއި، ޖެނެރަލް މެނޭޖަރ އޮފް ޕީޕަލްސް އޮޕޮރޭޝަންސް މަރިޔަމް ނުޒުލާއެވެ.

އެސްޓީއޯ ލިޓްލް ވޮންޑާސް ޕްރޮގްރާމްގައި އެސްޓީއޯގެ ކޮންމެ މުވައްޒަފަކަށްވެސް ބައިވެރިވެވޭނެއެވެ. މިއީ އެސްޓީއޯގެ އެއްވެސް މުވައްޒަފެއް ބާކީ ކުރުމާ ނުލާ، ހުރިހާ މުވައްޒަފުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހުޅުވާލުމުގެ އަމާޒާއެކު ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.

މި ޕްރޮގްރާމްގައި އެސްޓީއޯއިން 8 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް، ރަޖިސްޓްރީކޮށްފައިވާ ޑޭކެއާ ފެސިލިޓީއެއްގައި ބައިވެރިވުމަށް ކޮންމެ މަހަކު 2،500ރ އާއި ހަމައަށް އެހީތެރިވެދޭނެއެވެ. އެސްޓީއޯގެ ވިސްނުމަކީ ކުންފުނިން ކަނޑައަޅާ ވަކި ފެސިލިޓީތަކެއްގައި ހުރިހާ މުވައްޒަފުން ރެގިސްޓްރީ ވުމުގެ ބަދަލުގައި، އެ މުވައްޒަފަކު ބޭނުންވާ، އަދި އިތުބާރު ކުރެވޭ ފެސިލިޓީއެއްގައި އެސްޓީއޯ މެދުވެރިކޮށް ރެގިސްޓްރީވުމުގެ އިހްތިޔާރު ދޫކޮއްލުމެވެ. އެއީ މުވައްޒަފުންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ފުޅާކޮށް ބާރުއެޅުމުގެ އަމާޒުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!