ޚަބަރު ދުނިޔެ

ތޫފާން ގެބްރިއެލްގެ ސަބަބުން ނިއުޒީލޭންޑުން ބައިނަލްއަޤްވާމީ އެހީއަށް އެދިއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތޫފާން ގެބްރިއެލްގެ ސަބަބުން ނިއުޒީލޭންޑްގެ އުތުރުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެ ޤައުމުން ބޭރު ދުނިޔޭގެ އެހީއަށް އެދިއްޖެއެވެ.

Ads by Sosun Fihaara
Ads by Sosun Fihaara

ނިއުޒީލޭންޑުގައި ފާއިތުވި ހަތަރު ދުވަހު، ވައިގަދަވެ ބޯކޮށް ވާރޭ ވެހުުމުގެ ސަބަބުން ފަސް މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނަނީ 100 މީހުން ގެއްލިފައިވާ ކަމަށާއި އިތުރު 10،500 މީހުން ގެދޮރު ގެއްލިފައިވާ ކަމަށެވެ.

ނިއުޒިލޭންޑްގެ ބޮޑުވަޒީރު ކްރިސް ހިޕިންސް ބުރާސްފަތި ދުވަހު އިންޒާރު ދެއްވީ ނިއުޒިލޭންޑްގެ ރައްޔިތުން މި ކާރިސާއިން އަރައިގަންނަން ވަގުތު ނަގާނެ ކަމަށާއި، ބައެއް ސަރަހައްދުތަކަށް ހަފްތާއަކަށްވުރެ ގިނަ ދުވަސްވާއިރުވެސް ކަރަންޓު ނުލިބިދާނެ ކަމަށެވެ. .

އަދި މިއީ ހިތާމަވެރި ހާދިސާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އުމްރާނީ ވަސީލަތްތައް ވީހާވެސް އަވަހަކަށް އިއާދަކުރުމަކީ ވަރަށް ބޮޑު ޗެލެންޖެއް، އެކަމަކު އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ އަޅުގަނޑުމެން މިތިބީ އުދަނގޫ ދަތުރެއްގައިކަން."

އެމެރިކާ އާއި އެހެން ގައުމުތަކުން ކުރިން ލިބުނު އެހީގެ ހުށަހެޅުންތައް ފުރަތަމަ އެއްފަރާތް ކުރިނަމަވެސް، ހިޕިންސް އިތުރަށް ވިދާޅުވީ ބައިނަލްއަގުވާމީ އެހީގެ ހުށަހެޅުންތައް މިހާރު ބަލައިގަންނާނެ ކަަމަށެވެ.

ނިއުޒިލޭންޑްގެ ޑިފެންސް ފޯސްއިން ވަނީ، އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކަށް ބޮޑު ދެ އުޅަނދަކާއި ސީ-130 ހާކިއުލިސް ޓްރާންސްޕޯޓް މަތިންދާ ބޯޓެއް، އެހީތެރިވުމަށް ފޮނުވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!