ޚަބަރު

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހާގެ ބަންދަށް 15 ދުވަސް

ރައުފާ ރަޝީދު ، ދެން އޮންލައިން
ފުލުހުން، ދިވެހި ފުލުހުން، ޕޮލިސް
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ. ދެން ފައިލް ފޮޓޯ

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހަައިފިއެވެ.

Ads by Hajj Corporation

ދިވެހި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން އިމިގްރޭޝަންއާއި މޯލްޑިވްސް ކަސްޓަމްސްގެ އެހީތެރިކަމާއެކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ލަޓްވިއާގެ 49 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވީ ދިރުވާލައިގެން އެތެރެކޮށްފައިވާ މަސްތުވާތަކެތި ކަމަށް ބެލެވޭ 127 ބުލެޓު (1353 ގްރާމް) އޭނާގެ ހަށިގަނޑުން ނަގާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!