ދުނިޔެ

ނިއުޒީލޭންޑަށް އެރި ތޫފާނުގެ ސަބަބުން ހަހާސް މީހުން ގެއްލިއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިދިޔަ ހަފުތާގައި ނިއުޒީލެންޑަށް އެރި ތޫފާން ގެބްރިއެލްގެ ސަބަބުން 11 މީހުން މަރުވެ އެތައް ހާސް ބަޔަކު ގެއްލިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Ads by WAMCO

މި މަހުގެ 12 ވަނަ ދުވަހު އެ ޤައުމުގެ އުތުރަށް އެރި މި ތޫފާނުގެ ސަބަބުން އިރުމަތީ އައްސޭރިފަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ބޮޑުވަޒީރު ކްރިސް ހިޕްކިންސް ސިފަކުރައްވައިފައިވާ ގޮތުގައި، މިއީ ނިއުޒީލޭންޑަށް މި ގަރުުނުގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާއެވެ.

މިދިޔަ އާދީއްތަ ދުވަހު ފުލުހުން ވަނީ ތޫފާނުގެ ސަބަބުން އިތުރު ދެ މީހަކު މަރުވެފައިވާ ކަމަށް ބުނެފައެވެ.

ވެރިރަށް ވެލިންޓަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހިޕްކިންސް ވިދާޅުވީ 6،400 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާތީ އިތުރު މީހުން މަރުވިކަން ކަށަވަރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެތައް ބައެއްގެ ދިރިއުޅުން ފުނޑުފުނޑު ވެފައިވާ ކަމަށާއި ރިކަވަރީއަކީ، ކުރިއަށް އޮތް ވަަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވެ، މުވާސަލާތީ ދަތިކަމާއި، ބޯފެން މަދުވުމާއި މަގުތައް ހަލާކުވެ، އަދިވެސް ބައެއް ސަރަހައްދުތަކަށް ވަނުމަށް ހުރަސް އެޅިފައިވާކަންވެސް ހިޕްކިންސް ފާހަގަކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!