ޚަބަރު

ކެފޭއަށް ގެއްލުން ދިން މައްސަލައިގައި ހަތް މީހަކު ހައްޔަރަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހުޅުމާލޭގެ "ޖޫސް ޓައިމް" އަށް ގެއްލުން ދިން މައްސަލައާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ހެލްމެޓުން މޫނު ނިވާކޮށްގެން އެތަނަށް ވަދެ ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހު އެ މީހުން ވަނީ ފިލައިފައެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކުރީ އިއްޔެ ކަމަށާއި އެ މީހުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެ މީހުން އުޅުނު އެޕާޓްމަންޓް ބަލައި ފާސްކުރި އިރު، މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ވެސް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!