ޚަބަރު

މުލި ހޮސްޕިޓަލުގައި ދެ ޑޮކްޓަރަކު މާރާމާރީ ހިންގައިފި

ދެން އެމްވީ ، ދެން އޮންލައިން

މ. މުލި ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ދެ ޑޮކްޓަރަކު މާރާމާރީއެއް ހިންގައިފި އެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ މުލީ ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގެ ތެރޭގައި މާރާމާރީއެއް ހިންގައިގެން އުޅެނީ އިންޑިއާގެ ޑޮކްޓަރަކާއި ނޭޕާލުގެ ޑޮކްޓަރެއްގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރޭގައި ކަމަށެވެ. އޭގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 9:45 ހާއިރު ކަމަށެވެ.

މާރާމާރީގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދަރުވަމުނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ދެ ޑޮކްޓަރުންގެ މޫނުމައްޗާއި ނޭފަތުން ލޭ އޮހޮރެ އެވެ. އެކަމަކު ޑޮކްޓަރުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް ނުލިބެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!