ޚަބަރު ވިޔަފާރި

ބީއެމްއެލްއިން ސެކިއުރިޓީ ވަރުގަދަ ކުރަން އިތުރު ފިޔަވަޅެއް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިންގް ބޭނުންކުރާ ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެބޭންކުން އިތުރު ފިޔަވަޅެއް އަޅައިފިއެވެ.

Ads by MWSC

އެގޮތުން ބީއެމްއެލްއިން ވަނީ އިންޓަނެޓް ބޭންކިންގް އަދި މޯބައިލް ބޭންކިންއިން ލޮގިން ވާން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ނުވަދެވިއްޖެ ހާލަތެއްގައި ނޮޓިފިކޭޝަން ދާގޮތަށް ހަދައިފައެވެ. މިއީ މިހާރުވެސް ފޮނުވާ އެލާޓުގެ އިތުރަށް ލިބޭ ނޮޓިފިކޭޝަންއެކެވެ.

އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެ ނަމަ މި ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނަށް އެލާޓް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ލޮ

ގިންވާން މަސައްކަތް ކޮށް ނުވެވިއްޖެނަމަ އީމެއިލް ފޮނުވާނީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.

އިންޓަނެޓް އަދި މޮބައިލް ބޭންކިން ޔޫޒާ ނަމާއި ޕާސްވޯޑް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ބީއެމްއެލް އިން ތަކުރާރުކޮށް އިލްތިމާސްކުރެ އެވެ. އަދި ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކޮށް އަބަދުވެސް ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށް ބޭންކުން އެދެއެވެ.

ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން މީގެ ކުރިން ބީއެމްއެލްއިން ވަނީ އީމެއިލްއަށް އޯޓީޕީ ނުފޮނުވޭގޮތަށް ހަދައިފަ އެވެ. އޮތެންޓިކް އޯޓީޕީ ފޮނުވާއިރު އޮތެންޓިކޭޓާ އެޕެއްވެސް އެބޭންކުން ވަނީ ތައާރަފުކޮށްފައެވެ.

ބީއެމްއެލް އޮންލައިން ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން ފޭރުމުގެ މައްސަލަތަކެއް މިފަހުން ފެންމަތިވި އެވެ. ބައެއް ފަރާތްތަކުގެ އެކައުޓުތަކުން ލައްކައަކަށްވުރެއް ގިނަ ފައިސާ ވަނީ ފޭރިފަ އެވެ. ބޭންކުން ބުނީ ގިނަ މީހުންނަށް އެގޮތަށް މެދުވެރިވީ ގޮތް ނޭނގޭ ލިންކުތަކަށް ވަންނަން މަސައްކަތް ކުރުމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!