ޚަބަރު

ޖޫން 30ގައި ޓެމޫ ފަދަ ސައިޓުތަކުން 30 ޕަސެންޓް ޗާޖުކުރި މައްސަލަތަކެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބީއެމްއެލް / ފޮޓޯ: ދެން އިމޭޖްސް

ރާއްޖޭގައި އެންމެ މަގުބޫލު އީ- ކޮމާސް ސައިޓުތަކުން ކުރާ ވިޔަފާރިތަކުން ފީއެއް މި މަހުން ފެށިގެން ނަގަން ނިންމާފައި އޮއްވައި މިދިޔަ މަހުވެސް އެ ފީ ނެގި މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

Ads by STELCO

އީ ކޮމާސް ޕްލެޓްފޯމުތައް ކަމަށްވާ ޓެމޫ، ލަޒާޑާ, އަލީ އެކްސްޕްރެސް، ޝެއިން، އަލީ ބާބާ އަދި އީބޭ ސައިޓުން ޖުލައި މަހުން ފެށިގެން ކުރާ ވިޔަފާރިތަކުން  30 ޕަސެންޓްގެ ފީއެއް ނަގަން ނިންމިކަން ބީއެމްްއެލްއިން އިއުލާންކުރީ މިދިޔަ ހޯމަ ދުވަހު އެވެ،

އެހެން ނަމަވެސް "ދެން"އަށް އެނގިފައިވާ ގޮތުން މިދިޔަ ހޯމަ ދުވަހު ވެސް އެ ސައިޓުތަކުން ކުރި ވިޔަފާރިތަކުން 30 ޕަސެންޓް ޗާޖުކޮށްފައި ވެއެވެ.

އެހެން ނަމަވެސް އެކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ބަހެއް ނުލިބުނެވެ.

ސައިޓުތަކުން ކުރާ ވިޔަފާރިތަކުން ފީއެއް ނަގަން ނިންމި ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެވަފައިވާ އިރު ބީއެމްއެލްއިން ވަނީ އެ ނިންމުން އެކްސްގައި ދިފާއުކޮށްފަ އެވެ.

އެގޮތުން ބޭރު ގައުމުތަކުން ކުރާ ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭކަމަށް ބީއެމްއެލްއިން ބުންޏެވެ.

އަދި އޭގެ ތެރެއިން 75 ޕަސެންޓް ފައިސާ ހޭދަކުރަނީ އޮންލައިން އީ ކޮމާސް ޕްލެޓްފޯމުތަކަަށް ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

އެ ޕްލެޓްފޯމުތަކުގެ ތެރޭގައި ޝެއިން, ޓެމޫ, ލަޒާޑާ, އަލީ އެކްސްޕްރެސް, އީބޭ އަދި އަލީ ބާބާ ހިމެނޭއިރު ޓެމޫއިން އެކަނިވެސް ދިވެހީން މަހަކު ހަތް މިލިއަން ޑޮލަރުގެ ވިޔަފާރިކުރާ ކަމަށް ބީއެމްއެލްއިން ބުންޏެވެެ.

އެހެންވެ ފީއެއް ނަގަން ނިންމީ ގިނަ ބަޔަކަށް ހަމަހަމަ އުސޫލުން ހިދުމަތް ދިނުމުގެ ގޮތުން ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ޓެމޫފަދަ ޕްލެޓްފޯމުތަކުން ކުރާ ވިޔަފާރިތަކުން ފީ ނެގި ނަމަވެސް ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން ކުރާ ވިޔަފާރިތަކުން ފީ ނުނަގާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

Ads by HDC