ޚަބަރު

ޖެންޑާ މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަނު ކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަޤާމަށް، ޢަބްދުއްޝުކޫރު ޢަބްދުލްޙަކީމް މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

މި މަޤާމަށް ޢައްޔަނު ކުރެއްވުމުގެ ކުރީން ޢަބްދުއްޝުކޫރު ޢަބްދުލްޙަކީމް ހުންނެވީ ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަވާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުގައެވެ.

ޢަބްދުއްޝުކޫރު ޢަބްދުލްޙަކީމަކީ ސްރީލަންކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް ސައިންސް އިން އެޑިއުކޭޝަން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސެޓިފިކެޓް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޢަބުދުއްޝުކޫރު ޢަބްދުލްޙަކީމް ވަނީ 26 އަހަރުގެ ދިގު މުއްދަތަކަށް ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!