ދުނިޔެ

ޗައިނާއާއި ރަޝިއާއަކީ ބިރެއް: ޔޫކޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާ އާއި ރަޝިއާއިން ދުނިޔެ ބައިބައިކޮށް، ހަމަތައް ނަގާލައި ބިރުވެރިކަން އުފައްދާ ކަމަށް ބުނާ ޑިފެންސް ޕޮލިސީ ޕޭޕަރެއް އިނގިރޭސިވިލާތުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

36 ސޮފްހާގެ އެ ޕޭޕަރުގައި އެންމެ ބޮޑަށް ފާޑުކިޔާފައި ވަނީ ޗައިނާ އާއި ރަޝިއާ އަށެވެ. އެގޮތުން އިނގިރޭސިވިލާތަށް އެންމެ ބޮޑު ނުރައްކަލެއް އޮތީ ރަޝިއާގެ ފަރާތުން ކަމަށާއި ރަޝިއާއިން ޗައިނާ އާ އެކު އޮންނަ ގުޅުންތައް ވަރުގަދަ ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައި ވެއެވެ. އޭގެ އިތުރުން ރަޝިއާއާއި ޗައިނާއިން އީރާނާ ގުޅުން ބަދަހިކޮށް 3 ގައުމުގެ މެދުގައި އަސްކަރީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ގުޅުންތައް ހަރުދަނާވެގެން ދިޔުމަކީވެސް އޮތް ނުރައްކަލެއް ކަމަށް ރިވިއު ޕޭޕާގައި ބުނެފައި ވެއެވެ.

ޔޫކޭގެ ޕޭޕަރާ ގުޅޭ ގޮތުން އިއްޔެ ގާނޫނު ހަދާ މަޖިލީހުގައިވެސް ހޫނު ބަހުސެއް ކޮށްފައި ވާ އިރު، ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަމުން ގެންދާ ހަނގުރާމައިގެ ނަތީޖާއަކީ ސީދާ ގޮތުން އިނގިރޭސިވިލާތަށް އަސަރުކުރާނެ ކަމެއްކަން ފާހަގަ ކޮށްފައި ވެއެވެ. އެ ރިވިއު ޕޭޕަރުގައި ބުނާ ގޮތުން، ޔޫކްރައިން ހަނގުރާމައިން ރަޝިއާއަށް ހާސިލުވާނެ ކާމިޔާބެއް ނެތެވެ.

އިރުތަށް ބުނެފައި ވަނީ، ޔޫކްރައިން އަށް އެހީވުމަށް މިހާރުވެސް އިނގިރޭސިވިލާތުން 2.3 ބިލިއަން ޑޮލަރުގެ ޕެކޭޖް ތައާރަފުކޮށް އެހީ ދެމުން ގެންދާ ކަމަށާއި ރަޝިއާގެ އެކިއެކި މުއައްސަސާތަކާއި ފަރާތްތަކަށް އަޅަމުން ދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާވެސް ފެންނަ ކަމަށެވެ. އަދި އެ ފިޔަވަޅުތަކުން ރަޝިއާ ބަލިކަށި ވާ ކަމަށާއި އެންމެ މުހިންމު އެއް ބޭނުމަކީ ރަޝިއާގެ ފަރާތުން ޔޫކޭ އަށާއި އެޓްލާންޓިކް ކަނޑުގެ ސަރަހައްދާއި އަދި މުޅި ދުނިޔެއަށް އޮތް ބިރު ނައްތާލުން ކަމަށްވެސް ބުނެފައި ވެއެވެ.

ޗައިނާގެ ބިރުވެސް އެހާމެ ބޮޑުކަމަށް ފާހަގަކޮށް ބުނީ، އެއީ ކޮންމެ ދުވަހަކު އިނގިރޭސި ރައްޔިތުންނަށާއި އިނގިރޭސި ސަރުކާރުގެ ސިޔާސަޔުތަކަށް ކުރިމަތިވާ ބިރެއް ކަމަށެވެ. އަދި ހޮންކޮންގް އާއި ޓައިވާނުގެ މައްޗަށް ޗައިނާގެ ނުފޫޒު އޮތް ގޮތާއި އިންސާނީ ހައްގުތަކަށް އަރައިގަނެފައި ވުމަކީ އޭގެ ސީދާ އަސަރު ބައިނަލްއަގުވާމީ ސުލްހައަށް ކުރާ ކަމެއް ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.

އިއްޔެ މަޖިލީހުގައި ބަހުސް ކުރަމުން މެންބަރުން ފާހަގަ ކޮށްފައި ވާ ގޮތުގައި އިނގިރޭސިވިލާތުގެ ސަލާމަތާއި ރައްކާޔެރިކަމަށް ހަރަދު ކުރުމަށް އަމާޒު ހިފާ ކުރިއަށް އޮތް ދެ އަހަރުގެ ޑިފެންސް ބަޖެޓް އިތުރު 6 ބިލިއަނަށް ބޮޑުކުރަން ވެސް ވަނީ ގޮވާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!