ޚަބަރު

މުޒާހަރާއިން ނޫސްވެރިޔާ ހައްޔަރު ކުރީ ފުލުހެއްގެ ގައިގައި ޖެހުމުން ކަމަށް ބުނެފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅުގެ މުޒާހަރާއެއްގެ ތެރެއިން ނޫސްވެރިޔަކު ހައްޔަރުކުރީ ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި، ފުލުހެއްގެ ގައިގައި ޖެހުމުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ބުރާސްފަތި ދުވަހުގެ ރޭ، އިދިކޮޅު ލީޑަރު، ރައީސް ޔާމީން މިނިވަން ކުރަން ގޮވައިލައި ޕީޕީއެމް/ޕީއެންސީން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރީ "އަވަސް" ނޫހުގެ ނޫސްވެރިއެކެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، މިމަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު ނޫސްވެރިޔާ އެކަމަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހައިފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

ފުލުހުން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު އެކަމަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހައިފައިވާ މައްސަލައާ ގުޅިގެންނެވެ.

އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

އެކަމަކު އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!