ޚަބަރު

ކަދުރު ރުއްތަކުގެ ބުޑުގައި އިންދި ބޯގަންވިލާ ގަސްތައް ވަގަށް ނަގާ މައްސަލައެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޮޑުތަކުރުފާނު މަގުގައި ހުރި ކަދުރު ރުއްތަކުގެ ބުޑުގައި އިންދި ބޯގަންވިލާ ގަސްތައް ވަގަށް ގެންދާ މައްސަލަ ބޮޑުވެ، މާލޭ ސިޓީ ކައުންސިލުން މިއަދު އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by Hajj Corporation

ރަމަޟާން މަހާ ދިމާކޮށް، ބޮޑުތަކުރުފާނުމަގު ޒީނަތްތެރި ކުރުމުގެ ގޮތުން، ސިޓީ ކައުންސިލުން ވަނީ ކުލަކުލައިގެ ބޯގަންވިލާ ގަސް އިންދާފައެވެ.

ބޯގަން ވިލާ ގަސްތައް ޕިޓުގައި އިންދާފައި ވަނިކޮށް ގަސްތައް ވަގަށް ނަގާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މާލެ ސިޓީ ކައުންސިލުން ކުރި ޓުވީޓުގައި ބުނެފައިވަނީ މިކަން މިގޮތަށް ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއްކަމަށެވެ. މާލެއަކީ ޗާލު ތަނަކަށް ހެދުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނުމަގު ޒީނަތްތެރި ކުރުމުގެ ގޮތުން ކަދުރު ރުއްއިންދާ އޭގެ ޕިޓް ތަކުގައި ޖަހާފައި ހުރި ބޯގަންވިލާ ގަސްތައް ވަގަށް ނަގަމުންދާކަން ހިތާމައާއި އެކު ފާހަގަ ކުރަން. ވީމާ މިކަން މިގޮތަށް ނުކުރުމަށް ނަސޭހަތްތެރިވަން. ޗާލު މާލެ ސިޓީ އަމާޒަށް ވާސިލުވުމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މުހިންމު.

–ސިޓީ ކައުންސިލުން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!