ޚަބަރު

ކޮރޯނާ ވައިރަސް ރާއްޖެއަށް ނާންނާނެއެކޭ ދެންނެވޭކަށް ނެތް: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް(ކޮވިޑް-19) ރާއްޖެއާ ހަމައަށް ނާންނާނެއެކޭ ދެންނެވޭކަށް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީން މިރޭ ބޭއްވި ރ. އަތޮޅުގެ ރައްވެހި ފަތިސް ކެމްޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ދުނިޔޭގެ 80 އަށް ވުރެ ގައުމުން ވައިރަސް ފެނިފައިވާއިރު، ރާއްޖެއަށް ވެސް އެ ބަލި އަތުވެދާނެ ކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ.

"މިވަގުތަކީ އަޅުގަނޑުމެން ވިސްނަން ޖެހޭ އެހެންކަމެއް ވެސް ކުރިމަތިވެފައި އޮތް ދަނޑިވަޅެއް. މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ އަސަރު އޮތީ ރާއްޖެއާ ހިސާބަށް ވެސް އައުން ގާތުގައި. ރާއްޖެއަށް ނައިސް ނުދާނެއެކޭ އަޅުގަނޑުމެން އެކަކަށް ވެސް މިހާރު ނެތް ދެންނެވޭކަށް.

ސޯލިހު ވިދާޅުވީ ވައިރަހާއި ގުޅިގެން ދައުލަތުގެ ހަރަދުތައް ވެސް ކުޑަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް ރަށްރަށުގެ ތަރައްގީއަށް މިއަހަރު ޕްލޭން ކުރެވިފައިވާ އެއްވެސް މަސައްކަތެއް ފަސްނުކޮށް ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި ކޮރޯނާ ވައިރަހަށް ތައްޔާރުވުމާ ގުޅޭ ކުއްލި މައްސަލާގެ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ދުނިޔޭގައި އުޅޭ ބައްޔެއްނަމަ ރާއްޖެއަށް އަންނާނެ ކަމަށެވެ. އަދި ރާއްޖެއަކީ ދުނިޔެއިން ބޭރުގައި ވާ ބައެއްވެސް ނޫންކަމަށާއި ދުނިޔޭގައި ވާ ކަމެއް ރާއްޖެއަށްވެސް ވާނެ ކަމަށް ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!