ޚަބަރު ސިޔާސީ

ޖާބިރު އަނެއްކާވެސް މަސްތުވާަތަކެތީގެ ބާވަތެއް ހުއްދަ ކުރަން ގޮވައިލައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މަސްތަކެތީގެ ބާވަތެއް ކަމުގައިވާ މަރުއާނާ ހުއްދަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، ޖާބިރު ގޮވައިލައްވައިފިއެވެ.

Ads by Hajj Corporation

ޖާބިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހެންވެއިރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ސަރުކާރުން ގެންގުޅޭ ޤަރާރަށް، މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުންނެވެ.

މީގެ ކުރިންވެސް މަރުއާނާ ހުއްދަ ކުރަން ގޮވައިލެއްވި ޖާބިރު މިއަދު ވިދާޅުވީ، ކިތަންމެ ބާރު ގަދަ ޑްރަގެއް ބޭނުން ކުރިއަސް، އަދި ބާރު ދަށް އެއްޗެއް ބޭނުން ކުރިޔަސް، އަންނަނީ އެއް ޙުކުމެއް ކަމަށެވެ.

"މަރުއާނާ ހުއްދަ ކުރަންވީ ރާއްޖޭގައި، އެއީ މިކަމަށް އޮތް ބޭހަކީ. ދެން އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ޒައްގޫމު ދީގެން ނުވާނެތާ މިއީ ބޭހެކޭ ކިޔާ ބަހައްޓާފަ."

ޖާބިރު ވަނީ ތަހުޒީބުވެފައިވާ ޤައުމުތަކުގައިވެސް، މަރުއާނާ އަކީ ހުއްދަ އެއްޗެއް ކަމަށް ވިދާޅުވެ، އެ ހުއްދަ ކުރަން ގޮވައިލައްވައިފައެވެ. އިސްލާމްދީނުގައި މަސްތުވާތަތަކެތީގެ ކުޑަ މިންވަރެއްވެސް ހުއްދަ ނުވާއިރު، މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވަނީ، ޖާބިރުގެ ވާހަކަ އިސްލާމްދީނާ ޚިލާފުކަން ފާހަގަކުރައްވައިފައެވެ.

ނަމަވެސް ރިޔާސަތުން އޭނާގެ ވާހަކަ ހުއްޓުވައިފައެއް ނުވެއެވެ. ރިޔާސަތުގައި އިންނެވީ، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

Ads by Allied Insurance
  1. އިއްބެ

    މަޖިލީހުގައިތިބިމެމްބަރުންނަށްޖާބިރުހައްޔަރުނުކުރެވުނީކީއްވެ