ޚަބަރު

އިޓަލީ ފަތުރުވެރިޔަކު ވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރިޔަކު ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީން ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ވ.ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން އައި އިޓަލީގެ ފަތުރުވެރިޔަކު ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓާ ކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރިޔަށް ދާކަމަށެވެ.

އެޗްޕީއޭއިން ރޭ ބުނީ އިޓަލީއިން އައިތަނުން ކަރަންޓީނު ކުރި ދިވެހި މީހާ އެ ބައްޔަށް ނެގެޓިވްވުމުން އޭނާ ކަރަންޓީނުން ދޫކޮށްލައިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އިތުރު ދިވެއްސެއްގެ ފަރާތުން އެބަލީގެ އަލާމާތްތައް ފެނިގެން އެ މީހާ ކަރަންޓީނުކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މިއީ މި ވޭތުވެދިޔަ ހަފްތާއެއްގެ ތެރޭގައި ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ކަރަންޓީން ކުރި ތިންވަނަ މީހާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!