ޚަބަރު

ވައިރަހާ ގުޅިގެން ކުރެއްދޫ ރިސޯޓަށް މީހުން އަރާ ފޭބުން މަނާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ޖެހުނު މީހަކު ޅ.އަތޮޅު ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރިކަމުގެ ރިޕޯޓެއް ލިބުމާއި ގުޅިގެން އެރިސޯޓުން މީހުން އެރުމާއި ފޭބުން މަނާކޮށްފިއެވެ.

Ads by MWSC

ނައިފަރު ކައުންސިލުން ބުނީ އެ ރިސޯޓުން މީހުން އަރާ ފޭބުން މަނާކޮށްފައިވާ ކަމަށާއި އެ ރިސޯޓުގެ މުވައްޒަފުންތައް އަދި ވަކިން ހާއްސަކޮށް ޗިލީގެ ފަތުރުވެރިޔާއާ ކޮންޓެކްޓުވި މުވައްޒަފުން ސްކްރީން ކުރަމުން އަންނަ ކަމަށެވެ.

ނައިފަރު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ކުރެއްދޫ އައިލެންޑް ރިސޯޓްގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން މިވަގުތު ރަށުގައި ތިއްބެވި ފަރާތްތަކާއި މިތަނުން އެއްވެސް ފަރާތަކާއި ކޮންޓެކްޓްވެފައިވާ ފަރާތަކަށް ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިކަން ފާހަގަ ކުރެވިއްޖެނަމަ ޅ. އަތޮޅު ހޮސްޕިޓަލްގެ ނަމްބަރު 6620048 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުން އެދޭ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން، ހޮސްޕިޓަލްގެ ފަރާތުން ވަކި ޖަވާބެއް ލިބުމުގެ ކުރިން އާންމުންގެ ތެރެއަށް ނުނިކުތުމަށްވެސް އިލްތިމާސްކުރާ ކަމަށްވެސް ނައިފަރު ކައުންސިލުން މައުލޫމާތުދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!