ޚަބަރު ލައިފްސްޓައިލް

ކެއުމުގައި ކެބެޖު ހިމަނަން ޖެހޭ ބައެއް ސަބަބުތައް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ގިނަ ތަރުކާރީއާއި މޭވާއިން، ސިއްޙީ އެތައް ފައިދާއެއް ލިބެއެވެ. އަޅުގަނޑުމެން ދިވެހީން އެކި ކެއުންތައް ތައްޔާރު ކުރުމަށް އާއްމުކޮށް ބޭނުންކުރާ ކެބެޖުގައި ވެސް، ހަށިގަނޑަށް ބޭނުންވާ، މުހިންމު އެތައް މާއްދާއެއް އެކުލެވިގެންވެއެވެ.

ކެބެޖުގައި ގިނަ އަދަދަކަށް ބީޓާ ކެރޮޓިން އާއި ވިޓަމިން ސީ އެކުލެވިގެންވެއެވެ. މި މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައިވާ ސެލްތަކަށް ގެއްލުންދޭ މާއްދާއެއް ކަމަށްވާ ފްރީ ރެޑިކަލްތަކުން ހަށިގަނޑު ރައްކާތެރިކޮށްދެއެވެ.

އެހެންކަމުން ކެބެޖަކީ ހަންގަނޑުގެ ޒުވާންކަމާއި އުޖާލާކަން ދަމަހައްޓައިދޭ ތަރުކާރީއެކެވެ.

ކެބެޖުގައި ހިމެނޭ ބީޓާ ކެރޮޓިން އަކީ ކެޓެރެކްޓްސް ފަދަ ލޮލުގެ ބަލިތަކުން މީހާ ސަލާމަތްކޮށްދޭ މާއްދާއެކެވެ.

ކެބެޖުގައި ގިނަ އަދަދަކަށް ވިޓަމިން ބީ އެކުލެވިގެންވެއެވެ. ވިޓަމިން ބީ އަކީ ކާނާއިން ހަކަތަ ލިބިގަތުމަށް ހަށިގަނޑަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި ކެބެޖުގައި އެކުލެވޭ އައޮޑިންއަކީ ހަށިގަނޑުގެ މަސްތައް ހެދިބޮޑުވުމަށް މުހިއްމު މާއްދާއެކެވެ.

މީގެ އިތުރުން، އިންފެކްޝަންތަކާ ހަނގުރާމަ ކުރާ އެންޓިއޮކްސިޑެންޓްސް ގިނަ އަދަދަކަށް އުފައްދާ މާއްދާއެއް ކެބެޖުގައި އެކުލެވިގެންވެއެވެ. އެހެންކަމުން ކެބެޖު ކެއުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ބަލިތަކުން ދުރުކޮށްދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!