ޚަބަރު

އަތޮޅު ކައުންސިލްތައް ބޭކާރު، އުވާލަން ވަރަށް އަވަހަށް މަޖިލީހަށް ލާނަން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މިއަދު ކައުންސިލްއަކާއެކު ބޭޢްވެވި ބައްދަލުވުމެއްގެ ތެރެއިން--

އަތޮޅު ކައުންސިލްތަކަކީ ބޭކާރު ކައުންސިލްތަކެއް ކަމަށާއި އެ ކައުންސިލްތައް އުވާލަން ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ސަރުކާރުން ސްޕޮންސާކޮށްގެން ކައުންސިލްތަކުގެ ފަހު އަހަރު މާލީ މުއާމަލާތައް ހަނިކުރެވޭ ގޮތަށް ހުށަހެޅި ބިލު ނިމިގެން ދިޔަ ހަފްތާގައި ފާސްކޮށް ތަސްދީގުކޮށްފައިވާ އިރު މިރޭ އއ. މަތިވެރީގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިތުރަށް ވަރުގަދަކުރަން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު އިސްލާހުތައް ގެންނަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްއަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން ކަމަށާއި އެކަމާމެދު ކޮންމެ ރަށެއްގެ ރަށު ކައުންސިލްއިން އެކަމަށް ހެކިވާނެ ކަމަށެވެ.

އެހެންވެ އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކައި ގާނޫނު އަސާސީ އިސްލާހުކުރާނެ ކަމަށާއި ގާނޫނު އަސާސީ އިސްލާހުނުކޮށް އެކަން ނުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވޯޓުލާންދާ އިރު އަތޮޅު ކައުންސިލްއެއް ހޮވާކަށް ވޯޓުލާކަށް ނުޖެހޭނެ. އެ ފަށަލަ ދުއްވާލީމާ އިތުރަށް ރައްޔިތުން ބާރުވެރިވަނީ. އެއީ ކީއްވެގެންތޯ. އެއީ ކޮންމެ ރަށެއްގެ ރަށު ކައުންސިލް ސީދާ މަސައްކަތް ކުރާނީ ކަމާ ބެހޭ ވުޒާރާތަކާ ކުންފުނިތަކާ ޑައިރެކްޓްލީ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ އިހުލާސްތެރިކަމާއެކީ ރައްޔިތުން ފަޅީގައި ރައްޔިތުން ބާރުވެރިކުރުމަށް ކަމަށެވެ.

ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްގެ ރައީސުން އަތޮޅު ކައުންސިލްގައި ހިމެނުމުން ނަތީޖާ ނެރުމަށް ހުރަސް އެޅި ހުރިހާ މެމްބަރުންގެ ފޯކަސް އަތޮޅުގެ ބަދަލުގައި ހުންނަނީ ރަށްރަށުގެ ކަންކަމަށެވެ.

Ads by Allied Insurance