ޚަބަރު ލައިފްސްޓައިލް

ދެން ރެސިޕީ: ރާާސްބެރީ މަފިން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

2 ޖޯޑު ފުށް
3/4 ޖޯޑު ބްރައުން ޝުގާ
2 1/2 ބޭކިންގް ޕައުޑަރ ސައިސަމުސާ
1/2 ސައިސަމުސާ ބޭކިންގް ސޯޑާ
1/4 ސައިސަމުސާ ލޮނު
2 ބިސް
1 ޖޯޑު ދޮންކެޔޮ (ޗިސްކޮށްފައި)
1/3 ޖޯޑު ތެޔޮ
1/3 ޖޯޑު ކިރު
1 ސައިސަމުސާ ވެނީލާ އެސެންސް
3/4 ޖޯޑު ރާސްބެރީ

ތައްޔާރު ކުރާނެ ގޮތް:

ފުށް، ބްރައުން ޝުގާ، ބޭކިންގް ޕައުޑަރ، ބޭކިންގް ސޯޑާ އަދި ލޮނު އެއްކޮށްލާށެވެ.

ދެން ބިސް، ދޮންކެޔޮ، ކިރު، ތެޔޮ އަދި ވެނީލާ އަޅާ ރީއްޗަށް ގިރުވާލާށެވެ. އަދި އެއްބައި ރާސްބެރީ މިކްސްޗާ އަށް އަޅާ މަޑުމަޑުން އެއްކޮށްލާށެވެ.

މަފިން ޓްރޭއަށް ސްޕްރޭ ކުރުމަށްފަހު މިކްސްޗާ އަޅާފައި ބާކީހުރި ރާސްބެރީތައް މައްޗަށް އަޅާށެވެ. އަދި 180 ޑިގްރީގައި 20 މިނެޓަށް ފިހެލުމުން ތައްޔާރުވީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!