ލައިފްސްޓައިލް

ދެން ރެސިޕީ: ރިހާކުރު ފޮޅި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

1 ޖޯޑު ހަނޑޫ ފުށް (ހިމުންކޮށް ފުނޑާފައި)
1/2 ޖޯޑު ގޮދަންފުށް
1/2 ޖޯޑު ރިހާކުރު
1/2 ޖޯޑު ހުނި
1/2 ޖޯޑު މުރަނގަ ފަތް
2 ފިޔާ ތުނިކޮށް ކޮށާފައި
1/2 ސަމުސާ ދިރި (މުގުރާފައި)
1/2 ސަމުސާ އިނގުރު (ގާނާފައި)
1/2 ސަމުސާ ލޮނުމެދު (ގާނާފައި)
2 ލުނބޯ
2 ކުކުޅު ބިސް
3 ތޮޅި މިރުސް (ކޮށާފައި)
1 ގިތެޔޮ މިރުސް (ކޮށާފައި)
ހިކަނދިފަތް، ލޮނު

ތައްޔާރުކުރާނެ ގޮތް:

ފިޔާ، މިރުސް, އިނގުރު، ހިކަނދިފަތް، ލޮނުމެދު، ލޮނާއި ލުނބޯ ހުތް ޖަހައިގެން މޮޑެލާށެވެ. އެއަށް ފަހު ދިރި، ހުނި، ރިހާކުރު، ކުޑަ ރީނދޫކޮޅެއް ލައިގެން އެއްކުރާށެވެ. ދެން ހަނޑުލު ފުށާއި ގޮދަން ފުށް އަޅައިގެން ރަގަޅަށް މޮޑެލާށެވެ. އެއަށް ފަހު ކުކުޅު ބިހާއި މުރަނގަފަތް އަޅައިގެން ރަގަޅަށް އެއްކޮށްލުމަށްފަހު ލޮނު ހެޔޮވަރު ކުރާށެވެ. ފުށްގަނޑު ބަހައްޓާނީ ފޮޅި ފިހެވޭ ވަރަށް މެދު މިނުގައެވެ.
ފިހަން ވުމުން ތަވާގައި ކުޑަ ތެޔޮފޮދެއް އުނގުޅައިލުމަށްފަހު ފަހަރަކު ފޮޅިއެއް ފިހާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!