"އިދިކޮޅުގައި ތިއްބަވައިގެން ގޮވާލެއްވީ ޓުއަރިޒަމް ބޮއިކަޓްކުރަން، މިއަދު މި ޖެހުނީ ޓުއަރިސްޓުން އައުން މަނާކުރަން"
ރައީސް ޔާމީންގެ ވެރިކަމުގައި ވޭތުވެދިޔަ ފަސްއަހަރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ގޮވާލެއްވީ ޓުއަރިޒަމް ބޮއިކަޓް ކުރަން ކަމަށާއި އެހެން ނަމަވެސް މިއަދު މި ޖެހުނީ ޓުއަރިސްޓުން އައުން މަނާކުރަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މުޙައްމަދު އިސްމާއީލް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.ި
''އިދިކޮޅުގައި ތިއްބަވައިގެން ގޮވާލެއްވީ ޓުއަރިޒަމް ބޮއިކަޓްކުރަން ، މިއަދު ވެރިކަމާ ހަވާލުވެ އަމިއްލައަށް މިޖެހުނީ ޓުއަރިސްޓުން އައުން މަނާކުރަން ،ﷲގެ ކުޅަދުންވަންތަކަން! ހުރިހާ ރައްޔިތުން ސަލާމަތް ކުރައްވާށި! އާމީން'' މުޙައްމަދު އިސްމާއީލް ލިޔުއްވާފައިވެއެވެ.
Idhikolhuga thibbavaigen govaalevvee tourism boycott kuran. Miadhu verikamaa havaalu amilla ah mijehunee touristun aun manaakuran. Allah ge kulhadhunvanthakan. Hurihaa rayyithun salaamaiy kuravvaashi’ aameen
— Mohamed Ismail (@Muhmed_Ismail) March 6, 2020
މުޙައްމަދު އިސްމާއީލް މިމޭރުމުން ޓުވީޓް ކުރައްވާފައިވަނީ މާދަމާއިން ފެށިގެން އިޓަލީއިން ރާއްޖެއަށް ޓުއަރިސްޓުން އައުން ވަގުތީގޮތުން މަނާކުރުމާއި ގުޅިގެންނެވެ. މިކަން އިއުލާން ކުރަމުން ސަރުކާރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައިވަނީ ޅ.ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ ފަތުރުވެރިއަކު ކޮރޯނާއަށް ޕޮސިޓިވް ވެފައިވާ ކަމަށް އޭނާ އަންގާފައިވާ ކަމަށެވެ. އަދި އެކަން ޔަގީން ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވެސް އެކަމާއި ގުޅިގެން ކުރެއްދޫ ރިސޯޓަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވެފައިވެއެވެ.
މުޙައްމަދު އިސްމާޢީލްގެ ޓުވީޓްގައި ވަކި ޕާޓީއެއް ނުވަތަ ވަކި ބޭފުޅެއްގެ ނަން ބަޔާންކޮށްފައި ނުވިނަމަވެސް ވޭތުވެދިޔަ ،ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅުގައި ތިއްބެވި އެމްޑީޕީން ޚާއްޞަކޮށް އެޕާޓީގެ އިސްބޭފުޅުން ވެސް ވަނީ ރާއްޖޭގެ ޓުއަރިޒަމް ބޮއިކަޓް ކުރުމަށް ގޮވާލާ އެކަމުގެ ކެމްޕޭންތައް ވެސް ހިންގަވާފައެވެ.