ލައިފްސްޓައިލް

ދެން ރެސިޕީ: ފްރުޓް ޕިއްޒާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މޭވާއިން ތައްޔާރު ކޮށްފައިވާ ޕިއްޒާއެއް ކާހިތްވޭހެއްޔެވެ؟ ތިޔައީ އެހައި އުނދަގޫ ކަމެއް ނޫނެވެ. މިއޮތީ އޭގެ ރެސިޕީއެވެ.

Ads by MWSC

 

ބޭނުންވާނެ ތަކެތި

1 ޕިއްޒާ ފުއްގަނޑު
ވެނީލާ ފްރޯސްޓިންގ ނުވަތަ ވިޕްޑް ކްރީމް
އެކިވައްތަރުގެ މޭވާ (ކިވީ، ސްޓްރޯބެރީ، އަލަނާސި، މޭބިސްކަދުރު, ޕީޗް) ތުނިކޮށް ވައްފޮއްޗަށް ކޮށާފައި

ތައްޔާރު ކުރާނެ ގޮތް

ޕިއްޒާ ފުއްގަނޑު އަވަނުން ފިހެލާ ރޯ ފިލުވައިލާށެވެ. ހިހޫވުމުން އޭގެ މަތީގައި ވެނީލާ ފްރޯސްޓިންގ ނޫނީ ވިޕްޑް ކްރީމް އުނގުޅާލައި، މޭވާތައް އޭގެ މަތީ އަތުރައިލާށެވެ. ބޭނުންނަމަ، މައްޗަށް ޗޮކްލެޓް ސޯސް ކޮޅެއް ވެސް އަޅައިލެވިދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!