Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ކޮރޯނާ ވައިރަސް ޖެހިފައިވާ މީހެއް ފެނުމުގެ ސަބަބުން ފޭސްބުކު ލަންޑަން އޮފީސް ބަންދުކޮށްފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހެއް ފެނުމުގެ ސަބަބުން ފޭސްބުކު ލަންޑަން އޮފީސް ބަންދުކޮށްފިއެވެ.

ކޮރޯނާ ވައިރަސް ޖެހިފައިވަނީ ސިންގަޕޫރުގައި މަސައްކަތްކުރާ ފޭސްބުކުގެ މުވައްޒަފަކަށެވެ. މި މުވައްޒަފު ވަނީ ފެބްރުއަރީ 24 އަދި 26 އާއި ދޭތެރޭ ލަންޑަން އޮފީހަށް ޒިޔާރަތްކޮށްފައެވެ. މިކަމާއި ގުޅިގެން ފޭސްބުކު ލަންޑަންގެ މުވައްޒަފުންނަށް ވަނީ ހޯމަ ދުވަހާއި ގޭގައި ތިބެ މަސައްކަތް ކުރުމަށް އަންގާފައެވެ.

އަދި ވައިރަސް ޖެހުނު މުވައްޒަފާއި ބައްދަލު ވި އެހެން މުވައްޒަފުން އެކަހެރި ވުމަށާއި ބަލީގެ އެއްވެސް ނިޝާނެއް ފެނޭތޯ ބެލުމަށް ވަނީ އަންގާފައެވެ. އަދި މި މުއްދަތުގައި އެ އޮފީހަށް ޒިޔާރަތް ކުރި އެހެން މުވައްޒަފުންވެސް ރައްކާތެރި ވުމަށް ފޭސްބުކުން އެދެއެވެ.

Advertisement
Ooredoo — Square (box)

ފޭސްބުކުން ބުނި ގޮތުގައި ހޯމަ ދުވަހާއި ހަމައަށް ލަންޑަން އޮފީސް ބަންދު ކުރަން ނިންމީ އޮފީސް ސާފުކުރުމަށެވެ.

ފޭސްބުކުން ވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން އެ ކުންފުނިން ރާވާފައިހުރި ގިނަ އިވެންޓުތަކެއް ވެސް ކެންސަލް ކޮށްފައެވެ. މީގެ ތެރޭގައި ސަން ފްރާންސިސްކޯ ގައި ބާއްވަން ހަމަޖެހިފައި އޮތް އެނުއަލް ޑިވޮލޮޕަރސް ކޮންފެރެންސް ވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް