ޗައިނާއަށް އެތެރެވާން އަދިވެސް އެންޓިޖެން ބޭނުންވޭ

މައެކަނި އެންޓިޖެން ޓެސްޓު ހަދައިގެން ޗައިނާއަށް އެތެރެވެވޭގޮތަަށް ބަދަލު ގެންނަން އެގައުމުން ނިންމައިފިއެވެ.
އަންގާރަ ދުވަހު ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ, އޭޕްރީލް 29ން ފެށިގެން ޗައިނާއަށް އެތެރެވާ ފަރާތްތަކުން ދައްކަންޖެހޭނީ ފުރުމުގެ 48 ގަޑިއިރު ކުރިން ހަދާފައިވާ ކޮވިޑް-19 އެންޓިޖެން ޓެސްޓެއް ކަމަށެވެ.
މިހާރު ޗައިނާއަށް އެތެރެވުމުގެ ކުރިން ކޮވިޑް-19 ޕީސީއާރު ޓެސްޓެއް ހަދަންޖެހެއެވެ.
ކޮވިޑް-19ގެ ހާލަތާއި ގުޅިގެން 3 އަހަރަށް ޗައިނާގެ ބޯޑަރު ބަންދުކުރުމަށްފަހު އެގައުމުގެ ބޯޑަރު ހުޅުވާލާފައިވަނީ މިއަހަރުގެ ޖެނުއަރީގައެވެ. ބޯޑަރު ހުޅުވާލާފައިވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކަކާއެކުއެވެ.