ޚަބަރު

ސަމާ އައިލެންޑުގެ ޑޮކްޓަރު ވެސް ވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީން ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ސަމާ އައިލެންޑުގައި ޗުއްޓީ ހޭދަކުރަމުން އައި ދެ ފަތުރުވެރިންގެ އިތުރުން އެ ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ޑޮކްޓަރު ވެސް ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ފަރުކޮޅުފުއްޓަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ރިސޯޓުން ބުނެފިއެވެ.

Ads by Sosun Fihaara

އެ ރިސޯޓުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ފްރާންސްގެ ދެ ފަތުރުވެރިން ހުންގަދަވެގެން މިދިޔަ ބުރާސްފަތި ދުވަހު ރިސޯޓުގެ ޑޮކްޓަރަށް ދެއްކި ކަމަށެވެ. އަދި ރިސޯޓޫން އެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އެންގި ކަމަށްވެސް ސަމަރ އައިލޭންޑް ރިސޯޓުން ވިދާޅުވިއެވެ.

މި ދެފަތުރުވެރިން ރާއްޖެއަށް އައީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

"އިއްޔެ ރޭ 10:00 ހާއިރު ޑޮކްޓަރު ކެއްސާ ނޭވާ ކުރުވާތީ ޑޮކްޓަރު އުޅޭ ރޫމުގައި ބެހެއްޓުމަށްފަހު އެޗްޕީއޭ އަށް ވަނީ އަންގާފައި،" ރިސޯޓުގެ ބަޔާނުގައި ވެއެވެ.

އަދި އެ ރިސޯޓުގެ އިތުރު ތިން މުވައްޒަފަކުވެސް ކުޑަކޮށް ކެއްސާތީ އެޗްޕީއޭގެ އިރުޝާދުގެ ދަށުން ރޫމުގައި މަޑުކުރަން އަންގާފައިވާ ކަމަށް ވެސް ރިސޯޓުން ބުންޏެވެ.

ސަމާ އައިލޭންޑް ރިސޯޓުން ދެފަތުރުވެރިއެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުމާއި ގުޅިގެން އެޗްޕީއޭ އިން ވިދާޅުވެފައި ވަނީ، އެމީހުން މޮނީޓާކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް އެމީހުން ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ސަމަރ އައިލޭންޑް ރިސޯޓުން ކޮވިޑް-19 ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭފަދަ އަލާމާތްތަކެއް ދެ ފަތުރުވެރިއެއްގެ ގައިން ފެނިފައިވާތީ، އެ ރިސޯޓަށް އަރައި ފޭބުން މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ.

ސަމަރ އައިލޭންޑް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ދެ ފަތުރުވެރިއަކު މިއަދު ފެނިފައިވާއިރު، ޅ.އަތޮޅު ކުރެއްދޫ ރިސޯޓްގައި މީގެ ކުރިން ޗުއްޓީ ހޭދަ ކުރުމަށްފަހު ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!