ދުނިޔެ

ޖަޕާނަށް މައުލޫމާތު ލީކްކުރި ކަމަށް ތުހުމަތުކޮށް ޗައިނާއިން މީހަކު ހައްޔަރަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖަޕާންގެ ޑިޕްލޮމެޓުން ތަކަކަށް ޗައިނާގެ މައުލޫމާތުތަކެއް ހިއްސާކުރިކަމުގެ ތުހުމަތު އެގައުމުގެ މަޝްހޫރު ނޫހެއްގެ ކުރީގެ އެޑިޓަރެއްގެ މައްޗަށް ކޮށްފިއެވެ.

Ads by WAMCO

އުމުރުން 61 އަހަރުގެ ޑޮންގް ޔުޔޫ އަކީ ގުއަންގމިން ޑެއިލީ ނޫހުގެ އެޑިޓޯރިއަލް ޑިޕަރޓްމަންޓްގެ ޑެޕއިޓީ ހެޑްއެވެ. އޭނާ ވަނީ ޗައިނާގައި ހަރަކާތްތެރިވަމުންދިޔަ ޖަޕާންގެ ޑިޕްލޮމެޓުންނަށް އެގައުމުގެ މައުލޫމާތުތައް ހިއްސާކޮށްފައިކަމަށް ޗައިނާގެ މީޑިއާތަކުުން ރިޕޯޓުކުރެއެވެ.

އެގޮތުން، ޗައިނާގައި ހުންނަ ޖަޕާން އެމްބަސީގެ އޮފިޝަލަކާ މިއަހަރުގެ ފެބްރުއަރީ މަހު ބައްދަލުކުރެއްވުމަށްފަހު، އޭނާ ފިލާފައިވާ ކަމަށްވެސް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ފެބްރުއަރީ 21 ވަނަ ދުވަހު، ޑޮންގް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ޑޮންގް ބައްދަލުކުރި ޑިޕްލޮމެޓްވެސް ވަނީ ހައްޔަރުކޮށްފައެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ޑޮންގް ޔުޔޫގެ މައްޗަށް މިކަމުގެ ދައުވާ ކޮށްފައިވަނީ މަރޗް މަހުއެވެ.

ޗައިނާއިން ދަނީ އެގައުމުގެ ސިއްރު މައުލޫމާތުތައް ޖަޕާނާ ހިއްސާކުރާ ކަމުގެ ތުހުމަތު ކުރެވޭ ހުރިހާ އެންމެނަށް އަދަބު ދެމުންނެވެ.

ޖަޕާނާ ޗައިނާ އާއި ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ މިދަނޑިވަޅުގައި، ޖަޕާން ސަރުކާރަށް ޖާސޫސުކޮށްދޭ ކަމަށް ތުހުމަތުކޮށް، އެގައުމުގައި ހުރި ޖަޕާންގެ ފަރމަސޫޓިކަލް ކުންފުންޏެއްގެ މުވައްޒަފަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!