ޚަބަރު

ވ.ތިނަދޫން އެކަހުރި ކުރި މީހާ ކޮރޯނާއަށް ނެގެޓިވް ، އެރަށަށް އަރާ ފޭބުމަށް ހުރަހެއް ނެތް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް 19 އަށް ޝައްކު ކުރެވޭ ޢަލާމާތްތަކެއް ހުރެގެން އެކަހެރި ކުރި އިޓަލީގެ ފަތުރުވެރިޔާ ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން (އެޗްޕީއޭ) އިން މައުލޫމާތު ދީފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމީހާ ކޮވިޑަށް ނެގެޓިވް ނަމަވެސް ބައްޔަށް ޝައްކު ކުރެވޭ ޢަލާމާތްތައް އަދިވެސް ހުރުމާއެކު 24 ގަޑިއިރު ފަހުން އަދިވެސް ޓެސްޓް ކުރާނެކަމަށެވެ. އަދި ވ.ތިނަދޫގެ ''ކޮންޓެކްޓް ޓްރޭސިން'' ހެދުމާއި ބަލަން ޖެހޭ އެހެނިހެން ބެލުންތައް ބެލުމަށްފަހު މިހާރު އެރަށަށް އަރާ ފޭބުމަށް ހުރަހެއް ނެތްކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

ވ.ތިނަދޫގެ އިތުރުން ޅ.ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއަކު އެނބުރި ގައުމަށް ގޮސް އޭނާ ކޮވިޑަށް ޕޮސިޓިވް ކަމަށް ބުނުމުން ކުރެއްދޫއަށް ވެސް އަރާ ފޭބުން މިވަގުތަށް އޮތީ މަނާކޮށްފައެވެ. މީގެ އިތުރުން ސަމާ އައިލެންޑްގައި ތިބި، ފްރާންސްގެ ދެ ޓޫރިސްޓެއްގެ ގައިއިން، ކޮވިޑް-19 އަށް ޝައްކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން އެ ދެ މީހުންވެސް އެކަހެރިކޮށް އެ ރިސޯޓަށް އަރައި ފޭބުން ވެސް ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!