ޓްވިޓަރ އަށްވެސް ކޯލް ފީޗަރ ގެންނަނީ

މީސްމީޑިއާ އެޕްތަކުގެ ތެރެއިން، އާއްމުންގެ މެދުގައި އެންމެ މަގްބޫލް އެޕް ކަމުގައިވާ ޓްވިޓާ އަށް ވަރަށް އަވަހަށް ކޯލް ކުރެވޭ ފީޗަރ ތައާރަފު ކުރަން ނިންމައިފިއެވެ.
މިކަން، މި އެޕްގެ ވެރިޔާ، މަހުޖަނު އީލޮން މަސްކް ވަނީ ހާމަކުރައްވައިފައެވެ.
އޭނާ ވިދާޅުވީ އެ ފީޗާއާ އެކީ ޓްވިޓާ މެދުވެރިކޮށް، ވީޑިއޯ ކޯލް ވެސް ކުރެވޭނެ ކަމަށެވެ. އަދި މިކަމަށް ފޯނު ނަމްބަރު ވެސް ބޭނުމެއް ނުވާނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ފަހު، އީލޮން މަސްކު އަންނަނީ ޓްވިޓާ އަށް އެކި ކަހަލަ ބަދަލުތައް ގެންނަމުންނެވެ.