ހއ އިން ފެށިގެން ބ އަތޮޅާ ހަމައަށް ވައިޓު އެލާާޓް
ރާއްޖޭގައި މޫސުން ގޯސްވެ، ބޮޑު ސަރަޙައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ، (މެޓް އޮފީސް) އިން އުތުރުގެ ބައެއް އަތޮޅުތަކުން ފެށިގެން މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަނީ ވައިޓް އެލާޓް ނެރުއްވައިފައެވެ.
އެގޮތުން މެޓުން މި އެލާޓް ނެރުއްވައިފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ވިދާޅުވީ މިއަދުގެ މެންދުރު 12:50 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ވިދާޅުވެއެވެ.
Ads by Allied Insurance