ޚަބަރު

ވައިިރަހާ ގުޅިގެން ކައުންސިލް އިންތިޚާބު ފަސްކުރަން އަލީ ހުސައިން ގޮވާލައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ގޮވާލައްވައިފިއެވެ.

Ads by MWSC

މިއަދު ކުރެއްވި ޓުވީޓެއްގައި އަލީ ހުސައިން ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާތެރިކަން ރާއްޖެއަށްވެސް އޮތުމާއެކު ލޯކަލް ކައުންސިލްގެ އިންތިޚާބު ފަސްކޮށް، ރާއްޖޭގައި ދިރިއުޅޭ އަދި އައިސްގޮސްވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑުތަނުން އިސްކަންދިނުން މުހިންމު ކަމަށެވެ.

"އެޕްރީލް މެއި މަހުގެ ހޫނު ދުވަސްތަކަށް ފަހުވެސް އިންތިޚާބު ބޭއްވޭނެ" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ ގައުމުގެ ހަގީގީ އުފެއްދުންތެރިކަމާއި ތަރައްގީ ފެށޭ ހިސާބަކީ އެ ބަޔަކު ކެއިންބުއިމަށް ބޭނުންވާ ކާނާގެ ބާވަތްތައް ރައްކާތެރި ކަމާއެކު އަމިއްލަޔަށް އެ ގައުމެއްގައި އުފައްދަން ފަށާ ހިސާބުކަމަށާއި މިއީ ދިވެހި ދަނޑުވެރިކަމުގެ އައު ބާބެއް ފަށަންވީ ވަގުތު ކަމަށް ބުނެފައި ވެއެވެ.

އަލީ މިހެން ވިދާޅުވެފައިވާއިރު ދުނިޔޭގެ ގިނަ އަދަދެއްގެ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާކަމަށް މިއަދު ސަރުކާރުން ވަނީ ބުނެފައެވެ. އެ ވައިރަހަށް ޕޮޒިޓިވްވީ ޅ. އަތޮޅު ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!