Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބަތަލާ ރިސޯޓުގައި ފަތުރުވެރިއަކު ވައިރަހަށް ޝައްކު ކުރެވިގެން ޓެސްޓު ހަދަނީ

ސޭންޑީސް ބަތަލާ ރިސޯޓުގައި ހުރި އިޓަލީ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމުން ޓެސްޓުތައް ހަދަން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ އަރިއަތޮޅު ދެކުނުބުރި، ސޭންޑީޒް ބަތަލާ އައިލަންޑް ގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއް ވައިރަހަށް އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރކުރުމާއި ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ.

މީގެ އިތުރުން ޝައްކުކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން އެރަށަށް އަރައި ފައިބާ ހެދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

ދުނިޔޭގެ ގިނަ އަދަދެއްގެ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާކަމަށް މިއަދު ސަރުކާރުން ވަނީ ބުނެފައެވެ. އެ ވައިރަހަށް ޕޮޒިޓިވްވީ ޅ. އަތޮޅު ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފެކެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކޮރޯނާއަށް ޕޮޒިޓިވްވި، ޓޫރިސްޓް ކޮންޓެކްޓްވި އެންމެން ހޯދައި ބަލަން ޖެހޭ ބެލުންތައް ބަލަމުންދާ ކަމަށެވެ. އެ ޓޫރިސްޓް ބައްދަލުވި މީހުންގެ ތެރެއިން ކޮރޯނާގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް