ޚަބަރު

ސަމާ ރިސޯޓުން ޝައްކު ކުރެވުނު 7 މީހުން ވެސް ވައިރަހަށް ނެގަޓިވް، ރަށް ހުޅުވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ސަމާ އައިލެންޑް ރިސޯޓުން ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީން ކުރި ހަތް މީހުން ވެސް ވައިރަހަށް ނެގަޓިވް ވެއްޖެއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ސަމާ އައިލެންޑު ރިސޯޓުން ވައިރަހަށް ޝައްކު ކުރެވިގެން ޓެސްޓު ހަދަން ސާމަޕަލް ނެގި ހަތްމީހުން ވެސް ވައިރަހަށް ނެގަޓިވް ވެފައިވާ ކަމަށެވެ، އެހެންކަމުން އެ ރަށަށް ވަގުތީ ގޮތުން އަރައި ފޭބުން މަނާ ކުރި ކުރިން މިހާރު އުވާލާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ،

އެ ރަށް ލޮކްޑައުންއަށް ގެނައީ އެ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފްރާންސްގެ ދެ ޓޫރިސްޓަކު ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އެ ދެ މީހުން ކަރަންޓީނު ކުރުމަށްފަހު އެވެ.

އޭގެ ފަހުން އެ ރިސޯޓްގެ ޑޮކްޓަރު ވެސް ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ ވަނީ ކަރަންޓީނުކޮށްފަ އެވެ. ސަމާ ރިސޯޓުން މިއަދު ބުނީ އެ ރިސޯޓްގެ ހަ މުވައްޒަފަކު ވަރަށް ބޮޑަށް ކެއްސައި ހުން ގަދަ ވެފައިވާތީ އެޗްޕީއޭއިން އިރުޝާދު ދިން ގޮތަށް އެ މީހުން ވެސް އެ ރިސޯޓުގެ ކޮޓަރިތަކެއްގައި މި ވަގުތަށް އެކަހެރި ކޮށްފައިވާ ކަމަށެވެ.

މިއަދު ރާއްޖެއިން ވަނީ ކޮރޯނާ ވައިރަހަށް ދެ މީހަކު ޕޮޒިޓިވްވެފަ އެވެ. އެއީ ކުރެެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފެކެވެ. ޕޮޒިޓްވެފައި ވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ.

ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ ރަށަށް އަރާ ފޭބުން އޮތީ ހުއްޓުވާފަ އެވެ. މުޅި ރާއްޖެއަށް އޮތީ މިހާރު ޔެލޯ އެލާޓެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!