Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

ކޮރޯނާ ވައިރަސް ޖެހުނު 58 ހާހަށް ވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހުނު 59 ހާހަށް ވުރެ ގިނަ މީހުން އެ ބަލިން ރަނގަޅުވެއްޖެއެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި މި ބަލި ޖެހުނު 59270 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. މިއީ ބަލި ޖެހުނު މީހުންގެ 55 އިންސައްތައެވެ. މިހާތަނަށް ކޮރޯނާ ވައިރަސް ޖެހުނު ކަމަށް ރިޕޯޓުތަކުން ދައްކަނީ 106493 ކޭސްއެވެ.

ޖެނުއަރީ މަހުގެ ފަހު ކޮޅުން ޗައިނާ އިން ފުރަތަމަ ފެނުނު މި ވައިރަހުގެ އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ 81587 ކޭސްއެވެ. މީގެ ތެރެއިން 55 ހާހަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވާއިރު ވައިރަހުގެ ސަބަބުން މަރުވެފައިވަނީ 3070 މީހުންނެވެ.

Advertisement
Allied Insurance — Square (box)

ޗައިނާއަށް ފަހު އެންމެ ގިނަ ކޭސް ރިޕޯޓުކުރެވިފައިވާ ގައުމަކީ ސައުތު ކޮރެއާއެވެ. އެ ގައުމުން ޖުމްލަ 7014 މީހުނަށް ބަލި ޖެހުނުއިރު 135 މީހުންވަނީ ރަނގަޅުވެ 48 މީހުން މަރުވެފައިވެއެވެ. އަިޓަލީއިންނާއި އިރާނުން ވެސް ވަނީ ކޮންމެ ގައުމަކުން ކޮރޯނާ ވައިރަހުގެ 5800 ވުރެ ގިނަ ކޭސް ފެނިފައެވެ.

ކޮރޮނާ ވައިރަހުގެ ބިރު އިންތިހާ ބޮޑުވެފައިވާއިރު އަދިވެސް ބައްޔަށް ފަރުވާއެއް ހޯދިފައެއްނުވެއެވެ. ވައިރަހުން ރައްާތެރިވުމަށް ސައިބޯނި ލައިގެން ގިނައި ގިނައިން އަތްދޮވެ ކެއްސާ ކިނބިހި އަޅައިރު އަނގަ މަތި ނިވާކޮށް ރައްކާތެރި މާސްކު ބޭނުން ކުރުމަށް ޑޮކްޓަރުން ލަފާދެއެެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް