ޚަބަރު

މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

ރައުފާ ރަޝީދު ، ދެން އޮންލައިން
ހުޅުމާލެ ޓާމިނަލް / ފޮޓޯ: ދެން އިމޭޖްސް

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

Ads by Sosun Fihaara

ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތައް ގަލޮޅާއި، ހެންވޭރުގެ ކަރަންކާ މަގާއި، ހަދީބީ މަގު، ކަދި ގޯޅި، ހިތަށްފިނިވާ މަގު، ސިއްކަ ގޯޅި އަދި ނޫރާނީ ގޯޅިން މިއަދު މެންދުރު 14:00 އިން 17:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

މި ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!