Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރުއިމަކީ ބަލިކަށި ކަމެއް ނޫން

ރުއިމަކީ ބަލިކަށި ކަމެއް ނޫން
އިންސާނާ ދުނިޔެއަށް އުފަންވުމަށް ފަހު އެންމެ ފުރަތަމަ ވެސް ކުރާ ކަމަކީ ރުއިމެވެ. ތުއްތު އިރުން ފަށައިގެން އައިސް ބޮޑުވަމުން އަންނަ އިރު ވަރަށް ގިނަ ކަންތަކާއި ރޮމެވެ. ނަމަވެސް އުމުރު މައްޗަށް ދާ ވަަރަކަށް ރުއިން މަދުވެއެވެ. ކޮންމެ ކަމަކާ މާ ފަސޭހައިން ރޯ ނަމަ އެމީހަކީ ވަރަށް ބަލިކަށި މީހެއްގެ ގޮތުގައި ސިފަކުރެއެވެ. ނަމަވެސް ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ރުއިމަކީ ބަލިކަށި ކަމެއް ނޫނެވެ. އަދި މާ ގިނައިން ރޯ މީހުނަކީ ބަލިކަށި މީހުނެއްވެސް ނޫނެވެ. އެ މީހުނަކީ އިމޯޝަނަލީ ވަރުގަދަ ބައެއްގެ ގޮތުގައި ވެސް މި ރިޕޯޓުގައި ސިފަކޮށްފައިވެއެވެ. ކްލިނިކަލް ސައިކޮލޮޖީގެ ޕްރޮފެސަރ އެއް ބުނި ގޮތުގައި ރޯ ނަމަ ދިރިއުޅުމުގައި ދިމާވާ ކަންކަމުން އަރައިގަތުމަށް ފަސޭހަ ވެގެންދެއެވެ. އަދި އެއީ ގުދުރަތީ ގޮތުން މީހާގެ އިހުސާސްތަށް ހާމަކުރާ ގޮތެއްކަމަށް ވެސް ބުނިއެވެ. މީހާގެ އިހުސާސްތައް ހިއްސާ ކުރުމަކީ އޭގެ ސަބަބުން ހަށިގަނޑަށް ވެސް ލުއި ފަސޭހަ ތަކެއް ލިބިގެންދާނޭ ކަމެކެވެ. އެހެން ކަމުން ދިރިއުޅުމުގައި ދެން ކަމެއް ވާ ހިނދު ރަނގަޅަށް ރޯ ލާށެވެ. ހުރިހާ އިހުސާސެއް ބަންދުކޮށްގެން ނުގެންގުޅެށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް