Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

ކަރަންޓީން ކުރި ކުރޫޒް ލައިނާއެއްގައި ކެންސަރު ޖެހިފައިވާ މީހެއް، ބޭސް ހުސް ވެ ގޮތް ހުސްވެފައި

ކޮރޯނާ ވައިރަސް ފެނިގެން ކަރަންޓީން ކޮށްފައިވާ އެމެރިކާގެ ކުރޫޒް ލައިނާއެއް ކަމަށްވާ ގްރޭންޑު ޕްރިންސެސް ގައި ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހެއް ހުރި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އުމުރުން 60 އަހަރުގެ ކެރި ކެރީ ކޯލްސްޓޯ އަކީ ކެންސަރުގެ 4 ވަނަ ސްޓެޖުގައި ހުރި މީހެކެވެ. އޭނާ މި ދަތުރުގައި ބައިވެރިވީ ކީމޯތެރަޕީ އިން ބްރޭކެއް ނެގުމަށް ފަހު ފިރިމީހާ އާއި އެކު ހަވާއި އަށް ދިއުމަށެވެ. ކެރީ އައިސޮލޭޓުކޮށްފައި ހުރީ ސާދަ ދުވަހަށެވެ. ނަމަވެސް އަންނަ ހަފްތާގައި އޭނާގެ ކީމޯ ސެޝަންސް އަލުން ފެށޭނެ ކަމަށާއި އެއަށް ނުދެވިދާނެ ކަމުގެ ބިރު އެބައޮތް ކަމުގައި ކެރީ ބުނެފައިވެއެވެ. އަދި އޭނާ ކާން ޖެހޭ ބޭސް ތައް ހުސްވެފައިވާ ކަމަށާއި ބޭސް ހޯދުމުގެ މަސައްކަތް ފަޅުވެރިން ކޮށްދެމުން ދާކަމުގައިވެސް ބުނިއެވެ. މީޑިއާ އަށް މައުލޫމާތު ދެމުން ކެރީ ބުނި ގޮތުގައި ވަރަށް ބިރުގަންނަ ކަމަށާއި އެންމެ ބިރު ގަންނަނީ އޭނާގެ ދިފާއީ ނިޒާމު ބަލިކަށި ކަމުން ކޮރޯނާ ވައިރަސް ޖެހިއްޖެނަމަ އޭގެ ނުރައްކާތެރިކަން ހިތަށް އަރާފައުކަމުގައިވެސް ބުނެފައިވެއެވެ. 2400 މީހުނާއެކު ދަތުރު ކުރަމުން ދިޔަ ގްރޭންޑު ޕްރިންސެސް އިން ކޮރޯނާ ވައިރަސް ފެނިފައިވާކަން އެމެރިކާގެ ނައިބު ރައީސް ވަނީ ޔަގީން ކޮށްދީފައެވެ. ވައިރަސް ފެނުނު މީހުންގެ ތެރޭގައި 19 ފަޅުވެރިންނާއި 2 ދަތުރުވެރިއަކު ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް