ކަފާލާފާތުގެ ދަަށުން އިމްރާން ޚާން ދޫކޮށްލައިފި
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ އެންޓި ޓެރަރިޒަމް ކޯޓުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ގިނަ މައްސަލަތަކެއްގައި ދޫކޮށްލައިފިއެވެ.
ޕާކިސްތާނު ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ވެރިޔާ އަށް މި އަހަރުގެ މާޗް މަހު ކޯޓް ކޮމްޕްލެކްސްގައި ހިނގި ހަމަނުޖެހުންތަކާ ގުޅޭ އަށް މައްސަލައެއްގައި ޖޫން މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިމްރާންގެ އަނބިކަނބަލުން ބުޝްރާ ބީބީއަށް ވެސް ކޮރަޕްޝަންގެ މައްސަލައެއްގައި މެއި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ރައްކާތެރިކަމުގެ ގޮތުން ކަފާލާތުގެ ދަށުން އިސްލާމްއާބާދުގެ ނެޝަނަލް އެކައުންޓަބިލިޓީ ބިއުރޯ (އެންއޭބީ) ކޯޓުން އިއްޔެ ވަނީ ދީފަ އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ވެރިކަމުން ދުރުކުރި ފަހުން އޭނާގެ މައްޗަށް ގާތްގަނޑަކަށް 150 އެއްހާ ގާނޫނީ ދައުވާ އުފުލާފައިވާ ކަމަށް ބުނާ އިމްރާން، އެ ދުވަހުގެ ފަހުން ރާވަލްޕިންޑީގެ ގެރިސަން ޓައުންގައި ހުންނަ އެންއޭބީގެ އެހެން ކޯޓަކަށް ހާޒިރުވާނެ އެވެ.
މި ދެމަފިރިންގެ މައްޗަށް ކުރަނީ ރިއަލް އެސްޓޭޓް ޓައިކޫނަކަށް މަންފާ ހޯދައިދިނުމުގެ ބަދަލުގައި ޕްރައިވެޓް ޔުނިވާސިޓީއެއް އެޅުމަށް މުދަލުގެ ހަދިޔާ ބަލައިގަތް ކަމުގެ ތުހުމަތެވެ. އިމްރާން އެ ދައުވާއަށް އިންކާރު ކުރައްވާ ވިދާޅުވީ އޭނާ އާއި އޭނާގެ އަނބިކަނބަލުން އެއްވެސް ގޯހެއްގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ.
މިކަން ހިނގާފައި މިވަނީ ޕާކިސްތާނުގެ އެންމެ އިސް އިދިކޮޅު ލީޑަރުގެ ސަޕޯޓަރުންނާ ދެކޮޅަށް ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަމުންދާ ދަނޑިވަޅެއްގައެވެ.
އިމްރާން މި މަހުގެ ކުރީކޮޅު ހައްޔަރުކުރުމާ ގުޅިގެން އެތައް ހާސް ބަޔަކު ވަނީ ހަމަނުޖެހުން ހިންގައި އާންމު ންގެ މުދަލާއި އަސްކަރީ ތަންތަނަށް ހަމަލާ ދީފަ އެވެ.
ހަމަނުޖެހުންތައް މަޑުޖެހުނީ އެގައުމުގެ ސުޕްރީމް ކޯޓުގެ އަމުރަށް އިމްރާން ދޫކޮށްލުމުންނެވެ. ސަލާމަތީ ބާރުތަކާ އެކު ހިނގި ހަމަނުޖެހުންތަކުގައި 10 މީހުން ވަނީ މަރުވެފަ އެވެ.