ދުނިޔެ

އިޓަލީގައި 16 މިލިއަން މީހުން ކަރަންޓީނު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޔޫރަޕުގައި އެންމެ ބޮޑަށް ކޮރޯނާ ވައިރަސް ފެތުރެމުންދާ އިޓަލީގައި 16 މިލިއަން މީހުން ކަރަންޓީނު ކޮށްފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތައް ބުނާ ގޮތުގައި ކަރަންޓީން ކޮށްފައިވަނީ އުތުރު އިޓަލީ އެވެ. އެ މިފިޔަވަޅު ނެގީ ވައިރަސް ކޮންޓްރޯލް ކުރުމަށް، އިތުރު ގޮތެއް ނެތިގެންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކުރިއަށް އޮތް އެޕްރީލް މަހުގެ ކުރީކޮޅާ ހަމައަށް އެހިސާބުގަނޑު އޮންނާނީ ކަރަންޓީނު ކޮށްފައެވެ. މިމުއްދަތުގެ ތެރޭގައި ނައިޓުކުލަބާއި، ޖިމް އަދި ޕޫލްތައް އެއްކޮށް ބަންދުކުރާނެއެވެ. އަދި ރެސްޓޯރަންޓުތައް ހުޅުވި ނަމަވެސް ކަސްޓަމަރުންނަށް ތިބެވޭނީ މީޓަރެއް ދުރުގައެވެ.

މީގެ އިތުރުން ބެލެވޭ ގޮތުގައި ހުރިހާ ކުޅިވަރުގެ ހަރަކާތެއް ވެސް ހުއްޓުމަކަށް އަންނާނެއެވެ. އިޓަލީ ފުޓުބޯޅަ އިދާރާއިން ވަނީ ހުރިހާ ލީގެއް މިވަގުތަށް ހުއްޓާލުމަށް ފަހު މެޗުތައް ފަސްކުރުމަށް ގޮވާލާފައެވެ.

ކަރަންޓީނުކޮށް ކަނޑައެޅި ގަވާއިދުތަކާ ޚިލާފުވާ މީހަކު ތިން މަސް ދުވަހަށް ޖަލަށްލެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!