ދުނިޔެ

ޖާނުންފިދާވުމުގެ ހަމަލާއެއްގައި ޕާކިސްތާންގެ ސިފައިންގެ ހަތަރު މީހަކު މަަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސެކިއުރިޓީ ޗެކްޕޮއިންޓަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ދެ ސިފައިންނާއި ފުލުހަކާއި އާންމު މީހަކު މަރުވެފައިވާ ކަމަށް ސަލާމަތީ އޮފިޝަލުން ބުނެފި އެވެ.

Ads by Sosun Fihaara

މިއީ އެހާ ގިނަ ދުވަހުގެ ތެރޭގައި ޕާކިސްތާނަށް ދިން ދެވަނަ ހަމަލާއެވެ.

އަފްޣާނިސްތާނުގެ ބޯޑަރު އޮންނަ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ޑިސްޓްރިކްޓެއް ކަމަށްވާ ނޯތު ވަޒީރިސްތާނުގައި ބުދަ ދުވަހު ބޮން ގޮއްވާލާފައިވާއިރު، އެއީ ޕާކިސްތާނު ތާލިބާނުންގެ ކުރީގެ ބާރުގަދަ ސަރަހައްދެއް ކަމަށްވާ ޓީޓީޕީގެ ނަމުން ވެސް މަޝްހޫރު ވެފައިވާ ސަރަހައްދެކެވެ.

އެ ހަމަލާގައި އާންމުންގެ ގިނަ ބަޔަކު ވެސް ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ރެހްމަތު ޚާން ވިދާޅުވި އެވެ.

"މިއީ އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއް ކަމަށާއި ބޮން ގޮއްވާލީ ރޯޑް ޗެކް ކުރަމުން ދަނިކޮށް،" އެ ގައުމުގެ އެހެން ފުލުހަކު ކަމަށްވާ ރަސޫލް ދަރާޒް ޑީޕީއޭ ނިއުސް އެޖެންސީއަށް ވިދާޅުވި އެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވި ނަމަވެސް ޝައްކު ޕާކިސްތާނު ތާލިބާނުންގެ ބޮލުގައި އެޅިދާނެ ކަމަށް ބެލެވެ އެވެ.

އަވަށްޓެރި އަފްޣާނިސްތާނުގެ މެދުވެރިކަމާއެކު މިދިޔަ އަހަރު ޕާކިސްތާން ސަރުކާރާ އެކު ހަނގުރާމަ ހުއްޓާލުމަށް ފަހު ޓީޓީޕީން ވަނީ ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ހަމަލާތައް ވަރުގަދަކޮށްފަ އެވެ.

އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި އޮންނަ ޚައިބަރު ޕަޚްތޫންޚުވާގެ ޑިސްޓްރިކްޓެއް ކަމަށްވާ ހަންގޫގައި ހުންނަ ތެލާއި ގޭސް ޕްލާންޓަކަށް އޭގެ ކުރީ ދުވަހު ދިން ހަމަލާގެ ޒިންމާ ވެސް ޓީޓީޕީން ވަނީ މިދިޔަ ބުދަ ދުވަހު އުފުލާފަ އެވެ.

ޔޫރަޕްގެ މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ އެމްއޯއެލް ޕާކިސްތާން އޮއިލް އެންޑް ގޭސް އިން ހިންގާ ފެސިލިޓީއަށް ދިން ހަމަލާގައި ސަލާމަތީ ބާރުތަކުގެ ހަތަރު މީހަކާއި ޕްރައިވެޓް ދެ ގާޑުން ވަނީ މަރުވެފަ އެވެ.

ވަކި ޖަމާއަތަކަށް ވީ ނަމަވެސް، ޓީޓީޕީއަކީ އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ތާލިބާނުންގެ ގާތް އެކުވެރިއެއް ނަމަވެސް، ދެ އަހަރު ވަންދެން އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމައަށްފަހު އެމެރިކާ އާއި ނޭޓޯ ސިފައިން އެގައުމުން ފޭބުމާ ގުޅިގެން 2021 ވަނަ އަހަރުގެ އޮގަސްޓް މަހު އަފްޣާނިސްތާނުގެ ބާރުގެ ދަށަށް ގެންދިޔަ ތާލިބާން ޖަމާއަތުގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!