ޚަބަރު

ރައީސް ޞާލިޙު ފ އަތޮޅަށް ވަޑައިގަންނަވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޚާއްސަ ދަތުރުފުޅެއް މި ހަފްތާ ބަންދުގައި ކުރެއްވުމަށް ހަމަޖެހިފައިވާކަން ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ފ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފ. ނިލަންދޫ، ދަރަނބޫދޫ، މަގޫދޫ، ފީއަލި، އަދި ބިލެތްދުއަށް ކަމަށެވެ.

މި ދަތުރުފުޅުގައި އެ ރަށްރަށުގައި ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތަކުގެ ތެރެއިން ނިމިފައިވާ މަޝްރޫޢުތަކުގެ ޚިދުމަތް އިފްތިތާޙު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި ވަޑައިގަންނަވައި، ރަށްރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ބައްދަލުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި އެ ބައްދަލުވުންތަކުގައި ރަށުގެ ޙާލަތު ސީދާ ރައީސަށް ކައުންސިލުތައް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!