ޚަބަރު

ފޮނަދޫ އިން ފުށާއި ހަނޑޫ ހުސްވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ލ.ފޮނަދޫ އިން ފުށް، އަދި ހަނޑޫ ހުސްވެއްޖެ ކަމަށް އެރަށުން މަޢުލޫމާތު ދިން މީހަކު ހާމަކޮށްފިއެވެ.

Ads by STELCO

"ދެން" އަށް މަޢުލޫމާތު ދެމުން އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ، އިއްޔެ އެރަށުގެ ބައެއް މީހުން ރައްކާކުރުމަށް ގިނަ އަދަދެއްގެ ކާޑު ގަތުމުގެ ސަބަބުން އެރަށުން ކާޑު ލިބުމުގެ ދަތި ކަމެއް ކުރިމަތިވެފައިވާ ކަމަށާއި މިހާރު ލިބެން ހުރީ ހަކުރު އެކަނި ކަމަށެވެ.

"ކާޑުގެ ބާވަތްތައް ވިއްކާ އެއް ފިހާރައަކުވެސް ނެތް ކާޑެއް.. އިއްޔެ މިރަށުގެ ވަރަށް ގިނަ ބަޔަކު ރައްކާ ކުރަން ކަމަށްބުނެ ތިން ހަތަރު ބަސްތާ ފުށާ ހަކުރު ގެންދިޔަ. ހިޔެއް ނުކުރަން މިހާ އަވަހަށް ހުސްވާނެ ކަމެއް." އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވައެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށް ކާޑު އެބަ ހުރި ކަމަށް ބުނެ މި ދަނޑިވަޅުގައި ކާޑު ގަނެ ގޭގައި ގުދަން ނުކުރުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ރޭ ވަނީ ބުނެފައެވެ. ބައްޔެއް ފެތުރިދާނެ ކަމުގެ ބިރު އޮއްވައި އެކަކު ނޫނީ ދެ މީހަކު ކާޑު ގިނަ އަދަދަކަށް ގަނެގެން ގޭގައި އެއްކުރުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށްވެސް އެސްޓީއޯގެ އެމްޑީ ވަނީ ވިދާޅުވެފައެވެ.. އަދި މިފަދަ ހާލެއްގައި އެއްބައިވަންތަކަން ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ގިނަ އަދަދެއްގެ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާކަމަށް މިއަދު ސަރުކާރުން ވަނީ ބުނެފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކުދަނީ ކާޑު ގަނެ ރައްކާ ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!