ޚަބަރު

ވައިރަހާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަން ފަސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުމާ ގުޅިގެން މިރޭ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ބާއްވަން ނިންމި އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފްލާ ފަސްކޮށްފި އެވެ.

Ads by STELCO

އެމްއެންޔޫ އިން ބުނީ ކޮރޯނާ ވައިރަހާ ގުޅިގެން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ގްރެޖުއޭޝަން ހަފްލާ ފަސްކޮށްފައިވާ ކަމަށާއި އެގޮތުން ފަހުގެ ތާރީހެއްގައި އެ ހަފްލާ ބާއްވާނެ ދުވަހެއް އަންގާނެ ކަމަށެވެ.

މީގެ އިތުރުން އެމްއެންޔޫ އިން ބުނީ ފަސްކުރެވިފައިވާ ދަސްވެނިވުމުގައި ބައިވެރިވާން ބޭނުން ނުވާ ކުދިންނަށް ދަރިވަރުންގެ ހިދުމަތްތަކާ ބެހޭ ބައިން ދަސްވެނިވުމުގައި ބައިވެރިވާން ދެއްކި ފައިސާ އަނބުރާ ލިބޭނެ ކަމަށެވެ.

މިރޭ ބާއްވަން ކަނޑައަޅާފައި އޮތީ، އެމްއެންޔޫ އިން މިދިޔަ އަހަރުގެ ފަހުކޮޅު ނިންމި ދަރިވަރުންގެ އެވެ.

ރާއްޖެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވް ވެފައިވާކަން ސަރުކާރުން އިއުލާން ކުރީ ރޭގަ އެވެ. ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއަކު އެ ބައްޔަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ދެ މީހުން ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނު ކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!