ދުނިޔެ

އިންފްލޭޝަންއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ލުއިދޭން އަދި އަވަސް: އިންޑިއާގެ ފިނޭންސް މިނިސްޓަަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތާރަމަން މުމްބާއީގައި ބޭއްވި އިވެންޓެއްގައި ވިދާޅުވީ އިންޑިއާ ސަރުކާރުން ދަނީ އަގުގެ ޕްރެޝަރުތައް ބަލަމުން ކަމަށާއި އިންފްލޭޝަންގެ ރައްކާތެރިކަމަށް ބަލަހައްޓައިގެން ތިބޭނެ ކަމަށެވެ.

Ads by Sosun Fihaara

"ސަރުކާރުން ދަނީ އިންފްލޭޝަން މޮނިޓާ ކުރަމުން. ގްރައުންޑް ލެވަލްގެ ހުރިހާ ޑޭޓާއެއް ވެސް މޮނިޓާ ކުރަމުން މިދަނީ. އިންފްލޭޝަން މިހާރުވެސް ދަނީ މޮޑަރޭޓްވަމުން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވި އެވެ.

އިންޑިއާގެ ކޮންސިއުމާ ޕްރައިސް އިންފްލޭޝަން (ސީޕީއައި) އޭޕްރީލް މަހު 18 މަސް ދުވަހުގެ އެންމެ ދަށް މިންވަރަކަށް 4.7 އިންސައްތައަށް ދަށްވެފައިވާއިރު، އޭގެ ކުރީ މަހު 5.66 އިންސައްތަ އަށް ވުރެ ބޮޑަށް ދަށްވެފައި ވަނީ ކާބޯތަކެތީގެ އަގުތައް ދަށްވުމުގެ ސަބަބުން ނެވެ.

އިޤްތިޞާދީ މާހިރުން ލަފާކުރާ ގޮތުގައި މެއި މަހު އިންފްލޭޝަން 4 އިންސައްތައަށް ދަށަށް ދާނެއެވެ.

މަރުކަޒީ ބޭންކަށް ރީޓެއިލް އިންފްލޭޝަން 2 އިންސައްތައާއި 6 އިންސައްތައާ ދެމެދުގެ މިންވަރަކަށް ހިފެހެއްޓުމަށް ލާޒިމްކޮށްފައިވީ ނަމަވެސް 2022 ވަނަ އަހަރުގެ ބޮޑު ބައިގައި އެ ބޭންކް އޮތީ ބޭންޑުގެ މަތީ ފަންތީން މަތީގައެވެ.

ސަރުކާރުގެ ޝެޑިއުލާ އެއްގޮތަށް ބޭންކް ޕްރައިވެޓައިޒޭޝަންތައް ކުރިއަށް ގެންދާނެ ކަމަށާއި 2000 ރުޕީސްގެ ނޫޓުތައް ދައުރުން އަނބުރާ ގެންދިއުމުގައި ރިޒާވް ބޭންކް އޮފް އިންޑިއާ އަށް ލިބިގެންވާ ހައްގެއް ވަރަށް ބޮޑަށް އޮތް ކަމަށް ސީތާރަމަން ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!