ޚަބަރު

10 މީހުންނާއެކު ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

10 މީހުންނާއެކު ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ އެވެ.

Ads by MWSC

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ރ. ރަސްގެތީމަށް ދަތުރުކުރި "ހޮރައިޒިއާ 2" ނަމަކަށް ކިޔާ ބޯޓެއްގެ އިންޖީނު ރޫމްގައި އަލިފާން ރޯވެގެން އެމްއެެންޑީއެފް ކޯސްޓްގާޑް މެރިޓައިން ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ބޯޓްގައި އަލިފާން ރޯވެފައި ވަނީ ބ.އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުން ކަމަށާއި މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 19:16 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ބޯޓުން ދަތުރުކުރި 10 މީހުން މިހާރު ވަނީ ފޯ ސީޒަން ރިސޯޓްގެ ލޯންޗަކަށް ނަގާފަ އެވެ. އަދި ބ. އޭދަފުށީ ސީއެމްބިއުލާންސާއި ޅ. މާފިލާފުށިން ކޯސްޓްގާޑް ހާބަރ ކްރާފްޓް ލޯންޗް މިހާރު އެ ސަރަހައްދަށް ދިޔުމަށް ދަތުރުކުރަމުންދާއިރު އެމީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!