ޚަބަރު

ދިރުވާލައިގެން ރާއްޖެއަށް 227 ބުލެޓް ޑްރަގްސް އެތެރެކުރި މީހުންގެ ބަންދަށް 30 ދުވަސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއަށް ދިރުވާލައިގެން 227 ބުލެޓް ޑްރަގްސް އެތެރެކުރި ޕާކިސްތާނުގެ މީހުންގެ ބަންދަށް 30 ދުވަސްޖަހައިފިއެވެ.

Ads by STELCO

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ 3 ފިރިހެނުންނާއި 1 އަންހެނެކެވެ.

މި ހަތަރު މީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ޖަހާފައެވެ.

މި މައްސަލާގައި ހައްޔަރުކުރި 36 އަހަރުގެ އެއް ފިރިހެނެއްގެ ބަނޑުން 80 ބްލެޓް ނެގިއިރު ހަމަ އެ އުމުރުގެ ދެވަނަ މީހާގެ ބަނޑުން 62 ބްލެޓް ވަނީ ނަގާފައެވެ. އުމުރުން 32 އަހަރުގެ ތިން ވަނަ ފިރިހެން މީހާގެ ބަނޑުން 75 ބަލެޓް ނަގާފައިވާއިރު ހަމަ އެ އުމުރުގެ އަންހެން މީހާގެ ބަނޑުން ވަނީ 10 ބްލެޓް ނަގާފައެވެ.

މި ހަތަރު މީހުންވަނީ ކޯޓުގައި މިމައްސަލައިގައި އިއުތިރާފުވެފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ޖަމާއަތް ހަދައިގެން ކުރަން އުޅުނު ކުށެއް ކަމަށާއި މި ކަމުގައި ގިނަބަޔަކު ބައިވެރިވެ އަދި މިކަންކޮށްފައިވާ ގޮތަށް ބަލާއިރު މުޖުތަމައަށް ނުރައްކާ އޮތްކަމަށް ބެލެވޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!