ޚަބަރު

އެސްޓީއޯގެ "މަގޭ ހިޔާ" ޕްރޮމޯޝަން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ގެދޮރުވެރިންނަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކުރިޔަށްގެންދާ “މަގޭ ހިޔާ” ޕްރޮމޯޝަން ފަށައިފިއެވެ.

Ads by MWSC

ސަރުކާރު އަދި އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ އެކި ހައުސިންގ މަޝްރޫއުގެ ދަށުން ގެދޮރު ލިބޭ މީހުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ “މަގޭހިޔާ” ޕްރޮމޯޝަން މި އަހަރު ފަށާފައިވަނީ ޖޫންމަހުގެ އެއްވަނަ ދުވަހުއެވެ.

މިދިޔަ ދެ އަހަރުވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ. 15،000 ރުފިޔާ އިން ފެށިގެން 25،000 ރުފިޔާއާ ދެމެދުގެ މުދަލުން 12 ޕަސެންޓުގެ ޑިސްކައުންޓެއް އަދި 25،000 ރުފިޔާ އިން ފެށިގެން 35،000އާ ދެމެދުގެ މުދަލުން 15 ޕަސެންޓު ޑިސްކައުންޓު ލިބޭއިރު 35،000 ރުފިޔާ އިން މަތީ ކޮންމެ މުދަލަކުން 18 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ މި ޕެކޭޖްތަކުގެ ނަންތައް ދީފައިވަނީ ރިހި، ރަން އަދި ހުދުރަނުގެ ނަމުގައެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމް ތަކަށް ހޭދަކުރާ ކޮންމެ 5,000ރުފިޔާއަކަށް ކޫޕަނެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެހެން ޕްރޮމޯޝަންތަކާ ޚިލާފަށް މޯލްޑިވްސް އިސްލާމިކް ބޭންކް، ބީއެމްއެލް އިސްލާމިކް އަދި އެމްއެފްއެލްސީއާއި ,އެސްޓިއޯ ކްރެޑިޓްސްކީމު މެދުވެރިކޮށް މުދާ ނަންގަވާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަން ގައި ކަސްޓާމަރުންނަށް ލިބިފައިވާ ފުލެޓްގެ މައުލޫމަތު އަދި އައިޑީ ކާޑު ބޭނުން ވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!