ދުނިޔެ

އަފްގާނިސްތާންގެ އޮޕިއަން ދަނޑުތައް ސުންނާފަތި ކޮށްލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަސްތުވާތަކެތީގެ ދަނޑުތައް ހައްދާފައި އޮންނަ އަފްގާނިސްތާންެގައި އެންޓި ނާކޮޓިކްސް ގެ ޓީމުތަކުން ގޮސް ދަނޑުތައް ސުންނާފަތި ކުރަމުން އެބަދެއެވެ.

Ads by WAMCO

އޮޕިއަމް ގަސްތަކުގައި މާ އަޅާ ފޮޅިފައި ހުއްޓާ ދަނޑުތަކަށް އޮފިޝަލުން ވަނީ ލަޓިބުރިތައް ހިފައިގެންނެވެ. އެއާއެކު ދެފަރާތަށް ދެފަރާތަށް ހޫރުވަމުން ހުރިހާ ގަހެއްގެ ކުރިތައް ބުރުއްސާ ވަނީ ސުންނާފަތި ކޮށްލިއެވެ.

ދަނޑަކަށް ފަހު ދަނޑަކަށް ވަންނަމުން ވަންނނަމުން ގޮސް ޖުމްލަ 6 ދަނޑެއް ވަނީ ސުންނާފަތި ކޮށްލާފައެވެ.

ދުނިޔޭގައި މަސްތިވާތަކެތީގެ ދަނޑު ހައްދާ ގައުމުތަކުގެ ތެރެއިން އަފްގާނިސްތާނަކީ މުޅި ދުނިޔޭގައި އުފައްދާ އޮޕިއަމްގެ 80 ޕަސެންޓް އުފައްދާ ގައުމެވެ. ޔޫރަޕްގެ މާކެޓްތަކުގައި އުފައްދާ ހެރޮއިންގެ 95 ޕަސެންޓަކީ އަފްގާނިސްތާންގެ އޮޕިއަމް ބޭނުން ކޮށްގެން އުފައްދާ ހެރޮއިންއެވެ.

އޮޕިއަމް ދަނޑުތަކުގައި މިއީ އޮޕިއަމް މާ އަޅާ ފޮޅި ފައްކާވާ މޫސުމެވެ. ނަމަވެސް ތޯލިބާނުން ވެރިކަމަށް އައުމަށް ފަހު ތަންފީޒު ކުރަމުން ދާ ސިޔާސަތުތަކާއެކު އެގައުމުގައި އޮޕިއަމް ހެއްދުން ދަނީ މަދުވަމުންނެވެ. މިދިޔަ އަހަރަށް ވުރެ މިއަހަރުގެ އަދަދުތައް 80 ޕަސެންޓް ދަށް ވެފައި ވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ގިނައިން އޮޕިއަމް ހައްދާ ޝަހަރުތައް ކަމަށް ވާނ ނަންގަހާރު، ކަންދަހާރު އަދި ހެލްމަންދު ފަދަ ތަންތަނުގައި މާ ދުރަށް ގޮސް އޮބާވަރުގެ ބޮޑެތި ދަނޑުތައް ހައްދާފައި އޮވެއެވެ. 129،000 ހެކްޓަރު ހާ ބޮޑެތި ސަރަހައްދުތަކުގައި ބައިބަޔަށް ދަނޑުތައް ހައްދާ މީހުން އުޅޭ އިރު އޮޕިއަމް އަކީ އަފްގާން ގައި އާންމު އެއްޗަކަށް ވެފައި، އެ ބޭނުން ކުރާ މީހުންވެސް މަދެއް ނޫނެވެ.

ނަމަވެސް ތޯލިބާނުން އަޅާފައިވަ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔަކު، އޮޕިއަމް ހެއްދުމާ ދުރަށް ޖެހެމުން ދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ހިސާބުތައް ދައްކާ ގޮތުން 37 މިލިއަންގެ އާބާދީގެ ތެރެއިން 4 މިލިއަނެއްހާ މީހުން އޮޕިއަމް ބޭނުން ކުރެއެވެ. ގިނަ ބަޔަކު އާމްދަނީ ހޯދުމަށް އެމަސައްކަތް ކުރަމުން އައި ނަމަވެސް މިހާރު މަޑުމަޑުން އެކަމާ ފެއަށް ޖެހި ކުރިން އޮޮޕިއަމް ހެއްދި ދަނޑުތަކުގައި ބައެއް މީހުން ވަނީ ގޮދަނާއި ގޮވާން ހައްދަން ފަށާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!