ޚަބަރު

ޓޫރިޒަމަށް ލޮޅުމެއް އެރި ނަމަވެސް އެކަމުން އަރައިގަނެވޭ: އަލީ ވަހީދު

ދެން އެމްވީ ، ދެން އޮންލައިން

އިޓަލީ އާއި ޗައިނާ އިން ޓޫރިސްޓުން އައުން ސަސްޕެންޑް ކުރުމާއެކު ޓޫރިޒަމަށް ލޮޅުމެއް އަރާނެ ކަމަށާއި އެކަމަކު އެކަމުން އަރައިގަނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ ބޫޓާންގައި ހެދި ގޮތަށް ޓޫރިސްޓުން އައުން އެއްކޮށް މަނާކޮށް، ރާއްޖެ ބަންދު ނުކުރެވޭނެ ކަމަށާއި ރާއްޖޭގެ އިގްތިސާދުގެ 70 ޕަސެންޓް ބިނާވަނީ ޓޫރިމަށް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖެ އަށް ޓޫރިސްޓުން އައުން އެއްކޮށް މަނާކޮށް ގެޔަށް ވަދެ ދޮރު ލައްޕައިގެން ތިއްބަސް ގައުމަށް ވާނެ ފައިދާއެއް ނެތް ކަމަށެވެ.

ޓޫރިޒަމް ދަށްވުމުން ސިޔާސި މުވައްޒަފުންގެ މުސާރަ ކުޑަކުރާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ މިވަގުތު ހުރި މުސާރަތައް، ހާއްސަކޮށް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ހުރި ވަރުގައި ހިފެހެއްޓުމާ އެކު އިގްތިސާދު ހީނަރުވިޔަ ނުދީ ހިފަހައްޓަން ކަމަށެވެ.

"ދިވެހިރާއްޖެ އެއްކޮށް ލޮކްޑައުން އަކަށް ނުދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ ވައިރަސް ފެތުރެން ފެށި ފަށުން ރާއްޖެ އަށް 125،827 ބުކިން ކެންސަލްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލަށް 307،223 ބުކިން ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ދެ މަހުގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 0.9 ޕަސެންޓުގެ ކުރިއެރުމެއް ޓޫރިސްޓް އެރައިވަލް އަށް ލިބިފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!