ދުނިޔެ

ފަލަސްތީނުގެ ރައީީސް، އަންނަ ހަފްތާގައި ޗައިނާއަށް ވަޑައިގަންނަވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފަލަސްތީނާއި އިޒްރޭލުގެ ސުލްހައިގެ މަސައްކަތުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ޗައިނާ އިން ޝައުގުވެރިކަން ފާޅުކުރުމާ ގުޅިގެން ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް، އަންނަ ހަފްތާގައި ޗައިނާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

Ads by Sosun Fihaara

ޗައިނާގެ ޚާރިޖީ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، އައްބާސް މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 13 އިން 16 އަށެވެ.

އަދި މިއީ، ޗައިނާގެ ރައީސް، ޝީ ޖިންޕިންގެ ޚާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަންވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ރައީސް ޝީ  މިދިޔަ އަހަރުގެ ޑިސެންބަރު މަހު ސަޢުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި އައްބާސްއާ ބައްދަލުކުރައްވައި ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި ހައްލެއް ހޯދައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އައްބާސް ޗައިނާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، މިއީ މި އަހަރު އަރަބި ޤައުމެއްގެ ވެރިއަކު ޗައިނާއަށް ކުރައްވަވާ ފުރަތަމަ ދަތުރުފުޅެކެވެ. މިކަމުގެ ސަބަބުން ފަލަސްތީން-ޗައިނާގެ ގުޅުން ރަމްށު ކޮށްދޭ ކަމަށް ޗައިނާއިން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!